ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނު ހާޒިރުނުކުރެވުމުން ބަޔާން ނުދެއްވާ ޖާބިރު ފުލުސް އޮފީހުން ވަޑައިގެންފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބާއި ދިމާކޮށް ދެއްވި 29 މިލިއަން ރުފިޔާއަށް “ހިޔާނާތްތެރިވެ މަކަރާއި ހީލާތް” ހެދިކަމަށްބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ބަޔާން ނެގުމަށް މިރޭ ހާޒިރުވެވަޑައިގަތުމަށްފަހު، ރައީސް މައުމޫންގެ އައިރު ހާޒިރުގައި ބަޔާން ދެއްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވެ ފުލުސް އޮފީސް ދޫކުރައްވާ ވަޑައިގެންފިއެވެ.

ޔޮޓް ޓުއާޒްގެ ޗެއަރމަން ޖާބިރު ފުލުސް އޮފީހަށް ވަޑައިގެންނެވީ މިރޭ 20:00 ގައެވެ. އޭގެ އިރުކޮޅެއްފަހުން ނުކުމެވަޑައިގެން މީޑިއާގައި ވިދާޅުވީ، މިމައްސަލަ ތަހްގީގުކުރައްވަން ޖެހޭނީ މައުމޫން ހާޒިރުކުރައްވައިގެން އެއް މާހައުލެއްގައިކަމަށެވެ. އެހެން ނުވާނަމަ، މައުމޫންގެ އައިރު ހާޒިރުގައި ބަޔާން ދެއްވަން ބޭނުންފުޅުނުވާކަމަށެވެ.

ފުލުސް އޮފީހަށް އަޅުގަނޑު ދިޔައިން، މައުމޫނެއް ނެތް. ފުލުހުންގާތު އަޅުގަނޑު އެހީ މައުމޫން ކޮބާހޭ، މައުމޫންގެ ހާޒިރުގައޭ ވާހަކަ ދައްކާ ތަހްގީގް ހިނގަން ވާނީ، މައުމޫން ހާޒިރުކުރައްވާށޭ. އެބޭފުޅުންނަށް އެކަން އެގަޑީގައި ނުކުރެއްވުނީމާ އަޅުގަނޑު ނުކުތީ. ރައީސް މައުމޫން ދަރަންޏަށް ޒިންމާ ވާގޮތަށް ނެތި 29 މިލިއަން ރުފިޔާގެ ވާހަކަ އަޅުގަނޑު ދައްކަން ބޭނުންވަނީ އެމަނިކްފާނު ބައިދައިގެން ކުރިފުޅުމަތީގައި. މީހުން ނެތްތާނގައި މީހުންގެ ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމެއް. އަޅުގަނޑަކީ އެއްވެސް މީހެއްގެ ނެތި މޮށޭ މީހެއް ނޫން.

މެމްބަރު ޖާބިރު އިތުރަށް ވިދާޅުވީ ފުލުސް އޮފީހާއި މިމައްސަލާގައި އިތުރަށް ވާހަކަ ދައްކަވާނެކަމަށާއި، ރައީސް މައުމޫނަށް މަކަރާއި ހީލަތް ހައްދަވައިގެން ފިއްލަވައިގެން ނޫޅުއްވެވޭނެކަމަށެވެ. އަދި 29 މިލިއަން ރުފިޔާގެ އިންޓްރެސްޓާއެކު 50 މިލިއަނަށްވުރެ މައްޗަށް މިހާރު ގޮސްފައިވާކަމަށެވެ.

ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވަމުން ޖާބިރު، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ހަމީދަށް ފޮނުއްވި ސިޓީގައިވަނީ، ރައީސް މައުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެންވެ، މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައިގެން އޭނާގެ ހައްގު ހޯއްދަވައިދެއްވުމަށް އެދޭކަމަށެވެ.

މެމްބަރު ޖާބިރު އެންމެ ފުރަތަމަ މިމައްސަލަ ފުލުހަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހު 22 ގައެވެ. ނަމަވެސް ހެކި ހުށަހަޅާފައި ނެތުމުގެ ސަބަބުން ފުލުސް އޮފީހުން މައްސަލަ ބޭރުކުރިއެވެ.  ހެއްކާއެކު ޖާބިރު ފުލުސް އޮފީހަށް މިމައްސަލަ އަލުން ވެއްދީ މި ސެޕްޓެމްބަރު މަހުގެ 20 ވީ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to Naam ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: