ކުއްލި ޚަބަރު

ކެމިކަލް ގުދަންތައް ބަދަލު ކުރަން ތިން މަސް ދުވަހުގެ މުއްދަތެއް!

ހެންވޭރުގެ ގުދަނުގައި ހިނގި ބޮޑު ހުޅުގެ ހާދިސާގެ ތެރެއިން: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހުރި އެކި ބާވަތުގެ ނުރައްކާތެރި ކެމިކަލް ގުދަންތައް މިއަދުން ފެށިގެން ތިމަސް ދުވަސް ތެރޭގައި މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހޭ ގޮތަށް ކަނޑައަޅައި ކެމިކަލް ގުދަން ކުރުމާއި ބެހޭ ގަވާއިދު ޑިފެންސް މިނިސްޓްރީން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. 

ޑިފެންސް މިނިސްޓްރީން އެުކުލަވައިލައި ގެޒެޓްކުރި ނުރައްކާތެރި ކެމިކަލްއާ ބެހޭ ގަވާއުދަކ ީ1975 ގައި އަމަލުކުރަން ފެށި ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން އެކުލަވައިލައިލެވުނު ގަވާއިދެކެވެ. ި

ގަވާއިދުގެ މަޤްޞަދަކީ:

1 .ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި؛

2 .ނުރައްކާތެރި ކެމިކަލް ދިވެހިރާއްޖެއަށް އެތެރެކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމާއި؛

3 .ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް، ގުދަންކޮށް، ނައްތާލުމާއި، ބޭނުންކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމާއި؛

4 .ނުރައްކާތެރި ކެމިކަލް އެތެރެކޮށް، އެ ތަކެތި ވިއްކާ ފަރާތްތަކުން ޢަމަލުކުރަންޖެހޭގޮތް ބަޔާން ކުރުމެވެ.

މި ގަވާއިދުގައި ބުނެފައިވާ ގޮތުގައ ިމި ގަވާއިދު ތަންފީޒުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކޮށް، ލޭބަލްކޮށް، އެއްތަނުން އަނެއްތަނަށް އުފުލައި، ގުދަންކޮށް، ބޭނުންކޮށް، ވިއްކައި، ނައްތައިލަން ވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

ގަވާއިދު ތަންފީޒުކުރަން ފަށާއިރު ރާއްޖޭގައި ހުރި ކެމިކަލް ގުދަންކުރާ ތަންތަނާއި ކެމިކަލް ވިއްކާ ތަންތަނުގައި، މި ގަވާއިދު ތަންފީޒު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި،  ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހުރިހައި ބާވަތެއްގެ ކެމިކަލް އުފުލައި ގުދަންކުރުމުގެ މަސައްކަތުގައި އުޅޭ އެންމެންނަށް އެ ކެމިކަލެއްގައި ނުރައްކާތެރިކަން އެކުލެވިފައިވާ މިންވަރާއި، އެއީ ކޮން ބާވަތެއްގެ ނުރައްކަލެއް އެކުލެވިގެންވާ ކެމިކަލެއްކަން، ކެމިކަލް އެތެރެކުރި ފަރާތުން ނުވަތަ ކެމިކަލްގެ ވެރިފަރާތުން އަންގައިދޭން ޖެހޭނެއެވެ. އަދި މި މަސައްކަތް ކުރަންވާނީ މިކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިފައިހުރި މީހެއްގެ ޚާއްޞަ ބެލުމުގެ ދަށުންނެވެ.

ގުދަންކުރެވޭ ހުރިހާ ކްލާހެއްގެ ކެމިކަލް ހުންނަންވާނީ، ބަންދުކުރަންވީ ގޮތަށް ބަންދުކޮށް، މާކުކޮށް،  އެ ކެމިކަލެއްގައި ހަރުކުރަންޖެހޭ ލޭބަލް ހަރުކޮށް، ޖެނެރިކް ނަން ޖަހައި،  ކެމިކަލެއްގައި ހަރުކުރަންޖެހޭ "ނުރައްކާތެރިކަން އަންގައިދޭ ކެރެހުން" ހަރުކޮށްފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައ ިގުދަންކޮށްފައިވާ ހުރިހާ ކްލާހެއްގެ ކެމިކަލެއް ވެސް ހަލާކުވެފައިހުރިތޯ، ނުވަތަ ލީކްވޭތޯ، ނުވަތަ އެ ކެމިކަލެއްގެ ނުރައްކާތެރިކަން އިތުރުވާފަދަ އެއްވެސް މައްސަލައެއް ޖެހިފައި ހުރިތޯ ބަލައި ޗެކްކޮށް، މިއިން ކަމެއް ހުރެއްޖެނަމަ ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްކާތެރި ސަރަޙައްދަކަށް އެ އެއްޗެއް ގެންގޮސް، ކަމާބެހޭ މާހިރުންގެ ލަފާ ހޯދަން ޖެހޭނެއެވެ. ހަމައެހެންމެ މައްސަލަ ޖެހިފައި ހުރި އެއްޗެއް ރައްކާތެރި ހިސާބަކަށް ގެންދިޔުމަކީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ވާނަމަ، އެކަން ވަގުތުންކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ޖެހޭނެއެވެ. 

ގަވާއިދުގައި ބުނެފައިވާ ގޮތުގައ ިކެމިކަލް ވިއްކާ ފަރާތުން، އެ ކެމިކަލް ގަންނަ ފަރާތްތަކަށް، އެ ކެމިކަލް އުފުލާ ގެންގުޅުމާއި، ބެލެހެއްޓުމާއި، ބޭނުންކުރުމުގައި  ގަވާއިދުގައިވާ ގޮތުގެމަތިން ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބުނެދީ، އެގޮތުގެ މަތީން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ލިޔުމަކުން އަންގަން ޖެހޭނެއެވެ. އަދި މި މަޢުލޫމާތު ހުންނަންވާނީ ދިވެހިބަހުން އަދި އިނގިރޭސި ބަހުންކަން ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ހަމައެހެންމ ެނުރައްކާތެރި ކެމިކަލެއް ވިއްކަންވާނީ އެތަކެތި ގަންނަނީ ކޮންފަރާތަކުންކަން އެނގޭނެ ރަސްމީ ލިޔުމެއް ގެނައުމުން ކެމިކަލް ގަންނަ ބޭނުން އަދި ގަންނަފަރާތުގެ ކާކުކަން އެނގޭނެ މައުލޫމާތު ލިޔުމުން ރިކޯޑު ކުރުމަށްފަހުގައި ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެރެކޯޑު ރަސްމީ އިދާރާއަކުން ބަލަންބޭނުންވެއްޖެ ހިނދެއްގައި އެއިދާރާއަކަށް ދެއްކޭނެ ފަދައަކުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހުއްދަ ނަގައިގެން މެނުވީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރާ އެއްވެސް ނުރައްކާތެރި ކެމިކަލަކާ އެކު ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރެއަށް ވަންނަންވާނީ އަދި ޓްރާންސިޓް ކުރަންވާނީ މިނިސްޓްރީއަށް އުޅަނދުގެ ކެޕްޓަން ނުވަތަ އެޖެންޓް މެދުވެރިކޮށް ހުށަހަޅައި، އެކަމުގެ ހުއްދަ ލިބިގެންނެވެ. 

ނުރައްކާތެރި ކެމިކަލްއާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުގައ ިދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލް ބަންދުކޮށްފައިވާ ޕެކެޖުގެ ބޭރުގައި ހަރުކޮށްފައި ހުންނަންޖެހޭ ލޭބަލްތަކާއި ކުރެހުންތައް ހަރުނުކޮށް ދިވެހިރާއްޖެއަށް ކެމިކަލެއް އެތެރެކޮށްފި ނަމަ، އެ އެތެރެކުރި ފަރާތެއް 5000 (ފަސްހާސް ރުފިޔާ) އިން ފެށިގެން 20،000 (ވިހިހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. 

މީގެއިތުރުން ގަވާއިދުގެ އެހެން ކަމަކާ ޚިލާފު ވެއްޖެނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި ، ޚިލާފުވީ ފަރާތެއް 5000 (ފަސްހާސް ރުފިޔާ) އިން ފެށިގެން  50،000 (ފަންސާސްހާސް ރުފިޔާ)  އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ އަދި  ޖޫރިމަނާގެ އިތުރުން މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިޙްތިޔާރު މިނިސްޓްރީ އަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: