ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް ބިލް ދިރާސާކުރަން މުއައްސަސާތަކުގެ ވެރިން މިރޭ ކޮމިޓީއަށް

ޓެރަރިޒަމްގެ އިސްލާހާއި ހުޅޭގޮތުން ބިލް ދިރާސާ ކުރުމުގެ ކޮމިޓީ މިރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރުމަށް ކަމާ ގުޅޭ މުއައްސަސާތަކުގެ އިސް ބޭފުޅުން މިރޭ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރު ކުރާ ގޮތަށް ތާވަލުކޮށްފި އެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިމި، މެމްބަރުން ޗުއްޓީގައި ވަނިކޮށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅައި އެ ބިލުގެ މަސައްކަތް ކުރުމުށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ވަނީ ބައްވާފަ އެވެ. އެގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔަ އެވެ. އަދި ތަޅުމަށް ބިލު ބަލައިގަނެ، ބިލު ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މަޖިލީހަށް ހާޒިރުވެތިބި 53 މެމްބަރުންގެ ވޯޓާއި އެކު އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މިރޭ ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. ބައްދަލުވުން އޮންނާނީ މިރޭ 8:00 ޖަހާއިރު އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާއި އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ. ހަމައެހެންމެ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ. އެގޮތުން ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ މުދަލުގެ އަގު ފަސްލައްކަ ރުފިޔާއަށް ވުރެ މަތިވާނަމަ ކުށްކުރި މީހާއަށް ލިބޭނެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުުމެވެ. މުދަލުގެ އަގަކީ އެއްލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަގެއް ކަމަށްވާނަމަ އަދަބަކީ ދެ އަހަރާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެެވެ. އަދި މުދަލުގެ އަގަކީ 50،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާާއި ދެމެދުގެ އަދަދެއްނަމަ ކުށުގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުން. ބިލުގައި ބުނެފައިވާ ގޮތުން އެ ނޫން ހާލަތްތަކުގައި އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: