ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ބިދޭސީންތަކެއް ހިފަހައްޓައިފި

ފޮޓޯ: އިމްގްރޭޝަން / ޓްވިޓާ --- ޝަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓި ބިދޭސީންގެ އަދަދު 12 އަށް އަރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަސްލު އޮޅުވާލާ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކުރި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް ހިފަހައްޓައިފިއެވެ.

ނަމަވެސް އެއީ ކޮން ގައުމަކުން ރާއްޖެއަށް އެތެރެވާން މަސައްކަތްކުރި ބައެއްކަމެއް އިމިގްރޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެމީހުންނާއި ގުޅޭ އިތުރު ތަފްސީލެއްވެސް އެ އިދާރާއިން މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހުސު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.

ޝަހުސު އޮޅުވާލައިގެންނާއި ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސިން މިފަހަކަށް އައިސް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންނެވެ. މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިއުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ. އޮޅުވާލައިގެން، ފޭކު ޑޮކިއުމެންޓުތައް ހަދާ ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރުން ހުއްޓުވުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް މަސައްކަތްތައް ފަށާފައެވެ. ވޯކް ވިސާގައި ރާއްޖެ އެތެރެވެފައިވާ އެއް ލައްކަ ސާޅީސް ހަތަރުހާސް ހަސަތޭކަ ހަ މީހުންގެ ތެރެއިން ފަސްދޮޅަސް ތިން ހާސް މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިން އުޅެމުންދާއިރު ވިސާ އާއި ހިލާފުވި ބިދޭސިންތަކެއް މިދިޔަ ދުވަސްތަކުގައި ވަނީ ޑީޕޯޓުކޮށްލާފައެވެ. ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން 50،000 އަށްވުރެ އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ. އެ މީހުންނަށް ދެވަނަ ފުރުސަތެއް ދީ ގާނޫނުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ފެމިލަރައިޒޭޝަން ޕްރޮގްރާމެއް ވެސް މިހާރު ފަށާފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހުރިއްޔާ އުފައްދާފައިވާ ކޮމިޓީގެ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދުތަކަށް އިތުރު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކޯޓާ ދޫކުރުމުގެ އުސޫލާއި ބައެއް ފީތަކަށްވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ.

މީގެ އިތުރުން ކޮންމެ ގައުމަކުން ލޭބަރުންގެ ގޮތުގައި މީހުން ގެނެވޭ އަދަދެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާތީ އެއް އަހަރު ވަންދެން ބަންގްލަދޭޝް އިން މަސައްކަތްތެރިން ނުގެނެވޭ ގޮތަށް މިނިސްޓްރީން  ހަމަޖައްސާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: