ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކައުންޓެއް ހުޅުވައިފި

ފޮޓޯ: މިހާރު އޮންލައިން / ހުސެއިން ވަހީދު --- އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކައުންޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުގަދަ ގޮވުމަކާއި އެކު، ހ.ތިލަފުށި ގޭގައި ހުރި ގުދަނެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކައުންޓެއް ހުޅުވައިފިއެވެ.

“މާލޭ ފަޔާ ރިލީފް އެކައުންޓް”ގެ ނަމުގައި ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓް ނަމްބަރަކީ 7730000284246 އެވެ.

“ފައިސާ ޑޮނޭޓް ކުރައްވަން ބޭނުންވާ ފަރާތްތަކުން، އެ ބޭފުޅުން އަމިއްލަ އަށް ބެންކަށް ވަޑައިގެން ފައިސާ ޖަމާ ކުރެއްވުމުން އަޅުގަނޑުމެންގެ، ޑިިޒާސްޓާ މެނޭޖްމަންޓް ފަންޑަށް އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،” ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފައިވެއެވެ.

ވެރިރަށް މާލެ ސިޓީގައި ހިނގި އެ އަލިފާނުގެ ހާދިސާގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި ހަތް ގެއެއް އެކީ އަނދާފައި ވާއިރު ހާލުގައި ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައެވެ. ގުދަނުގައި ރޯވެ ހިނގި އެ ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ އަދަދު ވަޒަންކޮށްލަންވެސް އުނދަގޫވެފައިވާއިރު އެ ހާދިސާގައި އެތައް ބައެއްގެ ދިރިއުޅުން ވަނީ ހަލާކުވެފައެވެ. އެ މީހުންނަށް އެހީވުމުގެ ގޮތުން، ކަލާފާނު ސްކޫލުގައި ރިލީފް ސެންޓާއެއް ހުޅުވާ ވަގުތީ ހިޠާ ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން ބައެއް އާއިލާތައް ވަނީ، އެމީހުން އާއިލީ ގެތަކަށް ބަދަލުވެފައިކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން މައުލޫމާތު ދެއެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަމަށް ހާއްސަ އެކައުންޓެއް ހުޅުވާފައިވާއިރު، ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޑިޒާސްޓާ މެނޭޖްމެންޓުގެ ބެލުމުގެ ދަށުގައި ތިބި އާއިލާތަކާއި ގުޅޭގޮތުންނާއި ސޯޝާލް މީޑިއާގައި ދެކެވެމުން އަންނަ ބައެއް ވާހަކަތަކާއި ގުޅޭގޮތުން ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ވަގުތީ ބޯހިޔާވަހިން ހަމަޖައްސައި ނުދީ މަގުމަތިވެފައި ތިބި އެއްވެސް ފަރާތެއް ނުވާނެކަމަށެެވެ.

“އަޅުގަނޑުމެން ޔަގީންކަން ދެން މިހާރުވެސް މަގުމަތިވެފަ ތިބި އެއްވެސް ފަރާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްނުދީ ނުހުންނާނެ. މިހާތަނަށް 562 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެތެރެއިން 246 މީހަކަށް ވަގުތީ ބޯހިޔާ ވަހިކަން ހަމަޖައްސާދީފަވޭ” ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ހުކުރު ދުވަހު މި ހާދިސާ ހިނގީއްސުރެން އެދުވަހު ފަތިހު 4 ޖަހަންދެން ކަލާފާނު ސުކޫލުގައި ސެންޓަރުގައި ތިބި ހުރިހާ ފަރާތްތަކަށް ވަގުތީ ބޯހިޔާ ވަހިކަން ހޯދައިދީފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ތިމާގެ ގެެތަކަށާއި އަދި ރައްޓެހިން ކައިރިއަށް ބަދަލުވި ފަރާތްތައް އަނެއް ދުވަހު އަންނާނެ ކަަން އިނގޭތީ އެ މަސައްކަތް އޭގެ އަނެއް ދުވަހުވެސް ކުރިއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ތެރޭގައި އިތުރަށް ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ފަރާތްތަކަށް ގެންދިޔައީ ބޯހިޔާ ވަހިކަން ހަމަޖައްސަމުން ކަމަށާއި މިހާރުވެސް މަގުމަތިވެފައި ތިބި އެއްވެސް ފަރާތަކަށް ޑިޒާސްޓާ މެނޭޖްމަންޓުން އެހީތެރިކަން ފޯރުކޮށްނުދީ ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ބިމާ ހަމަވެފަ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު ކޯޑަންކޮށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކުރި އެވެ. ނަމަވެސް، އަލިފާން ހިފި ސަރައްދުން ކަޅުހުރާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ފިޔަވައި އެހެން މަގުތައް ވަނީ ގެތަކުގެ ވެރި ފަރާތަށާއި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަދެވޭ ގޮތަށް މިހާރު ހުޅުވާލާފަ އެވެ. އަދި މީހުން ހުސްކުރި ބައެއް ގެތަކަށް އަލުން ބަދަލުވާން ވެސް މިހާރު ވަނީ އަންގައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: