ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ އަސަރު ކުރި ހުރިހާ ގެއެއްގެވެސް ރައްކާތެރިކަން ބަލަންޖެހޭ: މުއިއްޒު

ފޮޓޯ: ވަން އޮންލައިން / މުހަންމަދު އައުޒަމް --- އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެއެއް އަރިއަޅާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއް ގޮވާ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެކަމުގެ އަސަރު ކޮށްފައިވާ ހުރިހާ އިމާރާތެއްގެ ރައްކާތެރިކަމާއިބެހޭ ރަނގަޅު ދިރާސާއެއް ހަދަންޖެހޭ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ބާރަ ގަދަ ގޮވުމަކާއި އެކު ހ.ތިލަފުށި ގޭގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ހަ ގެއެކަށް ވަނީ ގެއްލުންވެފައެވެ. ބާރު ސްޕީޑެއްގައި ފެތުރިގެންދިޔަ އެ އަލިފާންގަނޑު އެކީ ނިއްވާލަން އަށް ގަޑިއިރު ހޭދަވިއެވެ. އަދި އަލިފާނުގެ ހާދިސާއަށްފަހު އެމްއެންޑީއެފްއިން ގުދަނުގައި އިތުރަށް ރޯވެދާނެކަމަށް ބަލާ، 24 ގަޑިއިރު މޮނީޓާ ކުރަމުން އަންނައިރު ގެތަކުން އަދިވެސް ދުމުގެ އަސަރު ފިލާފައެއް ނުވެއެވެ.

އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ގެ އަރި އަޅާލާފައިވާއިރު އެމްއެންޑިއެފްއިން ވަނީ އެ ގެ ރޫޅާލުމުގެ މަސައްކަތް ފަށާފައެވެ. އެ ގެ ހަދާފައިވަނީ ހޮޅިއާއި ޓިނުު ބޭނުންކޮށްގެނެވެ.

ނަމަވެސް އެ އިމާރާތް ރޫޅާލަން އުޅޭ ހަބަރެއް ރީޓްވީޓު ކުރައްވާ މުއިޒު ވިދާޅުވީ ރޯވި ގުދަނާއި އިންވެގެން ހުރި ހުރިހާ އިމާރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމާބެހޭ ރަނގަޅު ދިރާސާއެއް ކުރުން މުހިންމު ކަމަށެވެ.

މުއިއްޒު ވިދާޅުވީ ކޮންކްރީޓުން ހަދާފައިވާ ތަންތަން އެފަދަ ގަދަ ހޫނުގެ އަސަރު ކޮށްފިނަމަ ވަރަށް ތަފާތު ހާލަތެއް އެ އިމާރާތްތަކަށް މެދުވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މުޅި އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފް އާއި ފުލުހުންނެވެ.

އަލިފާނުގެ ހާދިސާއަށްފަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، ކަމެއް ވާއިރަށް އޭގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ސަރުކާރެއްގެ ޒިންމާ ނެގުން މާ މުހިންމު ކަމަށެވެ. އެގޮތުން، އެއާޕޯޓުންވެސް އަލިފާން ނިއްވާ ސާމާނުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެންނަން ޖެހުނުއިރު، މާލޭގައި އެ ވަސީލަތްތައް ނެތީ ކީއްވެގެންތޯވެސް މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެ އިތުރު، ސަރުކާރެއްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް 10 މަސް ދުވަސް ލިބިގެންދިޔައިރު، އެއްވެސް ބަހަނާއެއް ދައްކާނެ ފުރުސަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ހާއްސަކޮށް، މިފަދަ ދަނޑިވަޅެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ކުރީގެ ސަރުކާރުގެ އިހުމާލުތައް ހުރިކަމަށް ބުނެ ވާހަކަ ދެއްކުމަކީ ހުރިހާ ކަމެއްވެސް ސިޔާސީ ކުރުމުގެ މިސާލެއްގެ ގޮތުގައި މުއިއްޒު ވަނީ ފާހަގަކުރައްވާފައެެވެ.

މީގެ އިތުރުން ޓްރާންސިޝަން ޕީރިއަޑް ތެރޭގައި މާލޭގައި ހުރި ގުދަންތަކާއި ބެހޭ މައުލޫމާތުތަކެއްގެ ލިޔެކިޔުން ސަރުކާރާއި ހަވާލުކޮށްފައިވާނެކަމަށް މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ.

އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: