ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިމާ މައްސަލައިގައި ތުހުމަތުވާ، ފަޒީލް މީހަކު ރަހީނު ކުރި މައްސަލައިގެ ހައްޔަރު އަމުރު ބާތިލު!

ފޮޓޯ: ސޯޝަލް މީޑިއާ/ ފަޒީލްއަކީ ގިނަ ޖިނާއީ ކުށްތަކުގެ ތުހުމަތުވާ މީހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު ކަމަށް ބުނާ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އިބްރާހިމް ފަޒީލް ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ފާއިތުވި އަށް މަސް ދުވަސްތެރޭގައި މިޑިއާތަކުގެ އެންމެ ފަލަ ސުރުހީތަކުގައި ވާހަކަތަކެއް ދެކެވޭ ފަޒީލްއަކީ ގިނަ މައްސަލަތަކެއް ގެ ތުހުމަތުތަކެއް ކުރެވިފައިވާ މީހެކެވެ.

އުމުރުން 25 އަހަރުގެ ފަޒީލްގެ ވާހަކަތަކެއް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ.ކައްދޫން މާމެންދޫއަށް ދަނިކޮށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު ހާދިސާއާއި ގުޅިގެންނެވެ. ޝިމާގެ އާއިލާއިންނާއި ރައްޓެހިން ފަޒީލަށް އެ ހާދިސާއާއި ގުޅިގެން އެތައް ތުހުމަތުތަކެއް ކުރި ނަމަވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

އެއަށްފަހު ފަޒީލް ހައްޔަރުކޮށްފައިވަނީ މޫނު ނިވާކޮށްގެން ހުރެ، އިތުރު ދެ މީހަކާއި އެކު ސިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން މަސައްކަތް ކުރަނިކޮށް އަދި އޭގެ ފަހުން އޭނާ ދޫކޮށްލުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފައިވަނީ މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގަތް މައްސަލައެއްގައެވެ. އެއީ 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގައެވެ. އެ ދައުވާގައި މީހަކަށް ކަތިވަޅިން ބިރުދައްކައި، ކަނު ބަނދެ، އަތް އެއްސުމަށް ފަހު، ވަލު ތެރެއަށް ގެންގޮސް، އެ މީހާ އަންދާލާނެ ކަމުގެ ބިރު ދައްކައިގެން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެ މީހާއަށް މަޖުބޫރި ކުރި ކަމަށް ބުނެފައިވެއެވެ.

މައްސަލައިގައި ފަޒީލް ހައްޔަރު ކުރުމަށް ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރަށް އޭނާ ހައްޔަރު ކުރަން ހޯދަމުން ދަނިކޮށް ފިލައިގެން ހުޅުމާލެއިން އުޅެނިކޮށް އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު ޖަހަން މި އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ ފަޒީލްގެ ބަންދަށް 10 ދުވަސް ޖަހައިފަ އެވެ. ފަޒީލް ވަނީ ބަންދުގައި 10 ދުވަސް ހޭދަކޮށްފަ އެވެ.

ނަމަވެސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ނެރުނު އަމުރެއް ކަމަށް ބުނެ ޖުލައި 11 ގައި އޭނާގެ ފަރާތުން އެ އަަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ލ.ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރުގެ ދަށުން ފަޒީލް ހުޅުމާލޭގައި ހުއްޓާ ހައްޔަރު ކުރުމަކީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރި ކަމެއް ނޫން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވާ ގޮތުން މާލެ ސަރަހައްދުން ހައްޔަރު ކުރެވޭ މީހުން ބަންދުގެ މުއްދަތު ޖަހަން ޖެހޭނީ ކްރިމިނަލް ކޯޓުންނެވެ.

އެއީ އެ ކޯޓުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ނެރެފައިވާ ސާކިލުއާއެއް ކަމަށާއި އެ ނިންމުން މި އަހަރުގެ ޖުލައި މަހާއި ހަމައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ބަންދު އަމަރުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ދިނީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއި އިޖުރާއަތުގެ ގަވައިދަށް ސުޕްރީމް ކޯޓުން ގެނައި ފުރަތަމަ އިސްލާހުންކަން ހައިކޯޓުގެ ހުުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން އެގޮތަށް އެ ގަވައިދު އިސްލާހު ކުރީ މި އަހަރުގެ ޖުލައި 7 ގައި ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ފަޒީލްގެ ބަންދު މުއްދަތު މިދިޔަ މެއި 7 ވަނަ ދުވަހު ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ޖަހާފައި ވަނީ ބަންދު އަޑުއެހުންތައް ބޭއްވުމުގެ އިހްތިސާސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ލިބިގެން ނުވާ ދުވަސްވަރެއްގައި ކަަމަށެވެ. އެހެން ހުޅުމާލޭ ކޯޓުން ފަޒީލް ބަންދު ކުރަން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ވަނީ ކަނޑަައަޅާކަމަށް ހުކުމް ނިންމާލަމުން ބުނެފައި ވެެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލައި ޝިމާ ގެއްލުނު މައްސަލައިގައި ބޮޑެތި އަދި ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ފަޒީލްއާއި މިހާތަނަށް އެ މައްސަަލައިގައި ސުވާލުކޮށްފައެއް ނުވެއެެވެ.އެ ހާދިސާއާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައަކީ ތަހުގީގު ކުރެވުންދާ މައްސަލައެއް ކަމަށާއި އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

ފަޒީލް ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރިއިރު، އޭނާގެ މައްޗަށް ދައުލަތުން ކުރިން ވަނީ ގިނަ ދައުވާތަކެއް އުފުލައިފައިކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ތެރޭގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށާއި ޣައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ ދައުވާ ހިމެނެއެވެ. އެ ހުރިހާ މައްސަލައެއް އޮތީ ލ.ގަމު މެޖިސްޓްރޭޓް ކޯޓާއި އަދި ކްރިމިނަލް ކޯޓުގައެވެ. އެހެން ނަމަވެސް އޭނާގެ ޝަރީއަތް ގޮސްފައި އޮތް ހިސާބެއް ސާފުވާ ގޮތެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: