ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފި

ކަސްޓަމްސް އިން ބަނގުރާ ފުޅުތަކެއް ނައްތާލަނީ.. ފޮޓޯ:ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކަސްޓަމްސް އިން ބުނީ، އެ އިދާރާގެ ބެލުމުގެ ދަށުގައި މުއްދަތު ހަމަވެފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލާފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ، އެ ބަނގުރާ ފުޅިތައް ހުކުރު ދުވަހު ނައްތާލާފައިވަނި ތިލަފުށީގައި މީޑިއާ ތަކާއި އަދި ކަސްޓަމަސްގެ އޮފިސަރުންގެ ހާޒިރުގައި ކަމަށެވެ.

4،242 ބަންގުރާ ފުޅި އާއި 7،700 އަށް ވުރެ ގިނަ ބަނގުރާ އެކުލެވޭ ޕެކެޓުތަކެއް އެ ދުވަހު ނައްތާލި ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ. އަދި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ފަސް ކިލޯގެ ބަނގުރާ ކޭހެއް ނައްތާލި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދަލުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

 

https://twitter.com/CustomsMv/status/1176004882425249792

ފުލުހުން ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާ މިދިޔަ ހޮނިހިރު ދުވަހު ނައްތާލާފައެވެ. އެ ފަހަރު ނައްތާލީ އެކި މައްސަލަތަކުގައި އެތަނުގެ ބެލުމުުގެ ދަށަށް ގެންގޮސްފައި ހުރި ބަނގުރަލެވެ. އެ ފަހަރު ފުލުހުން ވަނީ 500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: