ކުއްލި ޚަބަރު

އަލިފާން ރޯވެ އަރި އަޅާލި އިމާރާތެއް ރޫޅާލަނީ

އަލިފާން ރޯވެ އަރިއަޅާލި އިމާރާތް: ފޮޓޯ އެމްވީ ކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މިމަހުގެ 20 ވަނަ ދުވަހު ހ.ތިލަފުށިގޭގައި ހަދާފައި ހުރި ގުދަނެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވެ، އަރި އަޅާލި އިމާރާތް ތަޅާލާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އަދި އެ މަސައްކަތުގައި ސިފައިންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެ އިމާރާތް ހެދުމަށް ބޭނުންކޮށްފައިވަނީ ހޮޅިއާއި ޓިނެވެ.

އަލިފާނުގެ ހާދިސާގައި މީހުން ދިރިއުޅޭ 6 އިމާރާތަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

 

https://twitter.com/MvCrisis/status/1175882292985597952

މި ހާދިސާއަށް ފަހު އެ ސަރަހައްދު އާންމުންނަށް ނުވަދެވޭނެ ގޮތަށް ބަންދު ކުރި ނަމަވެސް، ރޯވި ސަރައްދުން ކަޅުހުރާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ފިޔަވައި އެހެން މަގުތައް ވަނީ ގެތަކުގެ ވެރި ފަރާތަށާއި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަދެވޭ ގޮތަށް ހުޅުވާލާފައެވެ. މީގެ އިތުރުން މީހުން ހުސްކުރި ބައެއް ގެތަކަށް އަލުން ބަދަލުވާން ވެސް މިހާރު ވަނީ އަންގާފައެވެ.

މި ނުރައްކާތެރި ހާދިސާގައި 500 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު އަންހެނަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި މަގަނޑު ސަބަބަކީ ހ.ތިލަފުށި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި މުޅި ސަރަހައްދަށް ފެތުރިގެން ދިޔުމުގެ ސަބަބުންނެވެ. އަލިފާންގަނޑު ކިރިޔާވެސް ކޮންޓްރޯލް ކުރެވުނީ ފަޔަރ އެންޑް ރެސްކިއުގެ ފޯމް ޓްރަކް އެއަރޕޯޓުން އެ ސަރަހަދަށް ގޮސް ފޯމް ޖަހަން ފެށި ހިސާބުންނެވެ.

ހެންވޭރުގައި ހިނގި މި ހާދިސާގެ ތަހުގީގު އަދިވެސް ދަނީ ކުރިޔަށެވެ. ފުލުހުންގެ އާސަން ތަހުގީގު ޓީމާއި އަދި ފޮރެންސިކް ޓީމްތައް ރެއިން ފެށިގެން ދަނީ މިހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެހެން ނަމަވެސް ގިނަ އަދަދެއްގެ ސާމާނު އެތަނުން ސާފުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: