ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާތައް އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހާކަށް ނޫޅެން: އަސްލަމް

ފޮޓޯ: ޕީއެސްއެމް ނިއުސް / އަލިފާނުގެ ހާދިސާއަށްފަހު ކެމިކަލް ގުދަންތަކާއި ގުޅޭގޮތުން މުވައްސަސާތަކުން ދައްކަނީ ގަވައިދެއް ނެތުމުގެ ހުތްޖަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެމިކަލް ގުދަނެއްގައި ރޯވެ، އެކަކު މަރުވެ ކައިރި އެތައް ގެތަކެއް އަނދައިގެންދިޔަ ހިތާމަވެރި ހާދިސާގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ނުޖަހާނެކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ.

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ ސަރުކާރުންކަމަށެވެ. ހާދިސާއާއި ގުޅިގެން ނުރައްކާތެރި ކެމިކަލް ގުދަންތައް ހުސްކުރާނެ ކަމަށް ކަމާއި ބެހޭ އިދާރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގަލޮޅުގެ ގުދަނަކަށް ކެމިކަލް ފީފާތަކެއް ވެއްދި މައްސަަލަ ފެންމަތިވެ ނޫސްވެރިން ވަނީ އެކަމާއި އެމްއެންޑީއެފް، އަދި ފުލުހުންގެ މީޑިއާ ގްރޫޕްގައި ސުވާލު އުފައްދާފައެވެ. ގުދަންތަކާއި ގުޅޭގޮތުން، މީީޑިއާތަކުގައި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި އަނެއްކާވެސް ގުދަނަކަށް ކެމިކަލްތައް ހުސްކުރުމާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ ސަރުކާރުން އެ މައްސަލަ ބަލާނެކަމަށެވެ. އަދި އެކަމުގައި އަމަލުކޮށްފައިވަނީ ކޮންގޮތަކުންތޯ ބައްލަވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެހެން ކަމުން، އެއްގޮތަކަށް ވެސް ސަރުކާރުން އެއް މުއައްސަސާއިން އަނެއް މުވައްސަސާއަށް އެކަމުގެ ޒިންމާ ނަގަން ޖެހޭކަމަށް ބުނެ ވާހަކަ ނުދައްކާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ސީރިއަސް ގޮތެއްގައި ބަލާނަން ކިހިނެއް ހިނގައިދިޔަ ކަމެއްތޯ. އެއް ގޮތަކަށް ވެސް ފަހަތު ފަޔަށް ބުރަވެގެން ކަންކަން ކުރާކަށް ނޫން މިތިބީ. ފުލުހުން ކުރައްވަން ޖެހޭ ކަންތައް ފުލުހުން ކުރައްވާނެ، އެމްއެންޑީއެފްއިން ކުރަންޖެހޭ ކަންތައް އެ މުވައްސަސާއިން ކުރާނެ. އިހުމާލުވާނަމަ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. އެއް ގޮތަކަށް ވެސް އެއީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހާ ގޮތަކަށް ހިނގާ ކަމެއް ނޫން” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިހުމާލުން ހިނގާ ކޮންމެ ކަމަކަށް ޙާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ފުލުހުންނާއި، އެމްއެންޑީއެފްއިންވެސް އެ މުވައްސަސާތަކުގެ ޒިންމާ ނަގަންޖެހޭ ކަމަށެވެ. މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ކެމިކަލް ގުދަންތަކުގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައެވެ.

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ، މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭގައި ހުރި ގުދަންތަކުގެ ރައްކާތެރިކަން ހުރި ގޮތް ބެލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލޭގައި 126 ގުދަން ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. މީގެތެރެއިން 82 ގުދަން ހުރީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށްވެސް ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ ހުރިހާ ގުދަންތަކެއް މާލެއިން ބޭރުކުރަން ނިންމައިފައެވެ. ކެމިކަލް ރައްކާކުރުމަށް ތިލަފުށިން އިމާރާތްތައް ދޫކުރާނެ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: