ކުއްލި ޚަބަރު

ޓެރެރިޒަމް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހް މަޖިލީހުން ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ޓެރެރިޒަމްއާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގިހުރެ ސިއްރުކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި ޓެރެރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކަމާގުޅުންހުރި ކޮމެޓީއަށް ފޮނުވައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައި މި ބިލް ބަލައިގަތީ 54 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާއި އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ.

ހަމައެހެންމެ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެނަމަ އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބުނެފައިވެއެވެ.

އެގޮތުން ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ކުށުގެ ނަތީޖާއެއްގެ ގޮތުން މުދަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ކުށަށް އަދަބު ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ މުދަލުގެ އަގު ފަސްލައްކަ ރުފިޔާއަށް ވުރެ މަތިވާނަމަ ކުށްކުރި މީހާއަށް ލިބޭނެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

މުދަލުގެ އަގަކީ އެއްލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަގެއް ކަމަށްވާނަމަ އަދަބަކީ ދެ އަހަރާއި އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މުދަލުގެ އަގަކީ 50،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާާއި ދެމެދުގެ އަދަދެއްނަމަ ކުށުގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ނޫން ހާލަތްތަކުގައި އެ ކުށުގެ އަދަބަކީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: