ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލަށް ސާމާނުތަކެއް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ޖަލަށް އެތެރެކުރަން މަސައްކުރި ސާމާނު.. ފޮޓޯ:ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލަށް ގިނަ އަދަދެއްގެ ފޯނާއި އަދި އެހެން ގިނަ އަދަދެއްގެ ހިފައި ގެންގުޅޭ ބާވަތްތައް އެތެރެކުރަން އުޅުނު މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހޮނިހިރު ދުވަހުގެ ރޭ 2:25 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 21 އަހަރުގެ ދިވެއްސަކާއި 26 އަހަރުގެ ދިވެއްސެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ދެ ފިރެހެނުން ކަމަށެވެ.

މާފުށީ ޖަލަށް އެތެރެކުރަން އުޅުނު އެއްޗެހީގެ ތެރޭގައި 62 ފޯން ޗާޖަރާއި 7 ސިމް ކާޑާއި އެކި ބްރޭންޑްތަކުގެ މޯބައިލް ފޯނާއި، ކަތުރާއި، ވަޅިއާއި، ނިޔަފަތި ކަނޑާ ދަތި އަދި އުލާއި ސަމްސާ ވެސް ހިމެނެއެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ 2 މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށާއި އަދި 26 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ މަފުށީ ޖަލަށް މޯބައިލް ފޯނާއި އަދި މަސްތުވާތަކެތި ފަދަ އެއްޗެހި ވެސް އެތެރެކުރަން މަސައްކަތް ކޮށްފައެވެ.

ފުލުހުން ވަނީ އެގޮތަށް ޖަލަށް އެއްޗެހި އެތެރެކުރަން މަސައްކަތް ކުރާ ގިނަ ބަޔަކު ހިފަހައްޓާ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: