ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއެއްގެ އުނދުނުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަލިފާނުގެ ހާދިސާ ހިނގި ބަދިގެ... ފޮޓޯ:ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ އާއިލާތަކެއް ދިރިއުޅެމުންދިޔަ ގެއެއްގެ ބަދިގޭގައި ހުރި އުދުނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ގ.ރައިހާން ނަމަކަށް ކިޔާ ގޭގައި ބިދޭސީ އާއިލާތަކެއް އުޅެމުންދިޔަ ތަނެއްގެ ބަދިގޭގައި ކައްކަން އުދާފައި ހުރި އުނދުނެއްގައި އަލިފާން ރޯވެގެން އެ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 20:50 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެގޭގައި ރޯވި އަލިފާން ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާއިރު، އެ ބަދިގޭގައި ހުރި ތަކެއްޗަށްވެސް މާބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުކުރު ދުވަހުގެ ރޭ ވެސް ވަނީ މާލޭގައި ބޮޑު އަދި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.

އެ އަލިފާނުގެ ހާދިސާގައި ވަނީ އަންހެނަކުވެސް ނިޔާވެފައެވެ. އެއީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަދި ބޮޑު އަލިފާނުގެ ހާދިސާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: