ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި މީހަކަށް ބިރުދައްކާ ފައިސާތަކެއް ފޭރިގަނެފި

ވަޅިން ހަމާލާ ދިން މީހާ ދިރިއުޅެމުންދިޔަ ގޭ.. ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށްފަހު ފައިސާއާއި ފޯނެއް ފެރިގަނެފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ބިރުދައްކާ އަނިޔާކޮށްގެން ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭ 21:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، ވަޅިން ބިރުދައްކާ އަނިޔާކޮށްފައިވަނީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާގެ އަތުގެ 3 ތަނަކަށް ވަޅިން ހަމަލާދީ މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނަށް އަނިޔާ ވެފައިވާ ކަމަށެވެ.

އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ބުނީ، މި މައްސަލައިގައި މައުލޫމާތު ލިބުނު މިންވަރަކަށް ހިއްސާ ކުރާނެ ކަމުގައެވެ. އަދި އެ އެމައްސަލަ ދަނީ މިހާރު އިތުރަށް ތަހްގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭގައި ވެސް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވަޅިން ބިރުދައްކާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: