ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާން ނިއްވާ ލޮރީއާއި ފޯމް ގެނައީ އެއާޕޯޓުން، މިއީ އަބަދަށް އޮތް ހާލަތު ތޯ: ޖާބިރު

ފޮޓޯ: މިހާރު އޮންލައިން / ހުސެއިން ވަހީދު --- އެއާޕޯޓުން ވެހިކަލްތައް ގެނަން ޖެހުމަކީ ހައްލެއް ނޫން: ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ގެތަކެއް އަނދާ ހުލިވެގެން ދިޔައިރު އަލިފާން ނިއްވުމަށް ބޭނުން ކުރާ ސާމާނުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެންނަން ޖެހުމަކީ ކަންބޮޑުވާކަމެއްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާ ބަހުސް ކުރައްވަމުންނެވެ.

މާލޭގައި މިފަދަ ނުރައްކާތެރި، ހާދިސާތައް ހިނގާފާނެކަމަށް ތަފާތު އެކި ފަހަރުމަތީން އަޑު އުފުލާފައިވާނެކަން ޖާބިރު ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހަށް އަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވާ ޖާބިރު ވިދާޅުވީ ހުކުރު ދުވަހުގެ ހާދިސާއިން ސަރުކާރުގެ ކަމާއި ބެހޭ މުވައްސަސާތަކުން ފިލާވަޅެއް ދަސް ކުރަންޖެހޭ ކަމަށެވެ.

އެ ހާދިސާއަށްފަހު އެތައް އާއިލާއަކަށް، އެތައް ހާސް ބަޔަކަށް ގެއްލުންވެ ހާލުގައި ޖެހުނުއިރު މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަޖިލީހުން ސަރުކާރަށް ބާރު އަޅަންޖެހޭ ކަމަށާއި ހާދިސާގެ ޒިންމާ ނަގަން ޖެހޭ އެތައް ބަޔަކު އެބަތިބިކަމަށް ޖާބިރު ވިދާޅުވިއެވެ.

މުޅި މާލެ އެކީ ތޮއްޖެހިފައިވާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅަންވީ ވަރަށް ވިސްނުންތެރިކަމާއި އެކު ކަމަށް ޖާބިރު ފާހަގަ ވިދާޅުވިއެވެ. ހާދިސާ ހިނގައިދިޔަ ވަގުތު އަލިފާން ނިއްވުމަށް ބޭނުން ކުރާ ޒާތްޒާތުގެ އެއްޗެހި، އަދި ވެހިކަލްތައް ވެސް ހުރީ ހުޅުލޭގައިކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. މާލެއަކީ މިފަދަ ހާދިސާއެއް ހިނގާފާނެތަނަކަށް ބަލާ، ފިޔަވަޅު އަލަންޖެހޭއިރު އަލިފާން ބޭނުން ކުރާ ފޯމް އެކަށީގެންވާ ވަރަށް ނެތީތޯ ޖާބިރު ސުވާލު އުފެއްދެވިއެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެކި ގޮތްގޮތުން އެހީތައް ލިބޭއިރު، އަލިފާން ނިއްވުމަށް ބޭނުން ކުރާ ސާމާނުތައް އެއާޕޯޓުން ކޮންމެ ފަހަރަކު ގެނައުމަކީ ހައްލެއްތޯ ޖާބިރު ވަނީ ވިދާޅުވެފައެވެ.

މާލޭގެ ތޮއްޖެއްސުމުގެ ސިޔާސަތަށް ނިމުމެއް ގެންނަން ޖެހޭކަމަށް ވިދާޅުވެ ޖާބިރު ވަނީ، ކާށިދޫގައި އެއާޕޯޓެއް އެޅުމަށްފަހު ބައެއް ރައްޔިތުން އެ ރަށަށް ބަދަލު ކުރުމަށް ގޮވާލާފައެވެ. ޖާބިރު ވަނީ، މާލޭ ތޮއްޖެހުމުގެ އެންމެ ބޮޑު އެ ހެއްކަކީ ހަ ގައެއް އަނދައިގެން ދިޔައިރު އެ ގެތަކުން 400 މީހުން ހާލުގައި ޖެހުންކަމަށެވެ.

ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަަލައަކީ، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމާއި މެދު ބަހުސް ކުރުމަށް ދައުރުން ބޭއްވި ޖަލްސާއަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިބި 50 މެމްބަރުންގެ ވޯޓާއި އެކުއެވެ. ޖާބިރު ހުށަހެޅުވި މައްސަލައިގައި ވަނީ ވޭތުވެދިޔަ ދެދުވަހު ހިނގާދިޔަ އަލިފާނުގެ ހާދިސާތަކުގައި، ގެއްލުން ލިބުނު ފަރާތްތަކަށް ހަމަޖައްސަން ޖެހޭ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދީ، އެފަދަ އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދޭން އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: