ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ އާއި ފިޔަވަތީގެ ކުދިންނަށް ޕްރޮގްރާމްތައް ހިންގަން އާކްއިން ޝައުގު ފާޅުކޮށްފި

ނައިބު ރައީސް އާރކްގެ އިސްވެރިންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހިޔާއާ ފިޔަވަތީގައި ތިބޭ ކުޑަކުދިންނަށް “އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން”، އާރކްގެ ފަރާތުން ޕްރޮގްރާމްތައް ހިންގައިދިނުމުގެ ޝައުގުވެރިކަން ް ފާޅުކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމުލަ 150 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތީގައެވެ . އަދި 12 އަހަރުން މަތީގެ 44 ކުދިން ދިރިއުޅެމުން ދަނީ ކުޑަކުދިންގެ ހިޔާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުއާއި އެކު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އާކްގެ އިސްވެރިން ވަނީ އެ ޖަމްޢިއްޔާއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާ ނައިބާ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި ރައްކާތެރިކުރުމުގެ ދާއިރާއިން ހުރި ބައެއް ކަންބޮޑުވުންތައް ވެސް އާރކް ޖަމްޢިއްޔާގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މުޖުތަމަޢުގައި ތިބި ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާ އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އާރކް ޖަމްޢިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ޖަމްޢިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެހެންމެ މި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމުގައާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދޭ އެފަދަ ހުރިހާ ފަރާތްތަކަށްވެސް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުންވެސް އިޖްތިމާޢީ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމާއި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ކަންކަމުގައި ޚާއްޞަ ސަމާލުކަމެއްދޭންޖެހޭކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‘އާރކް’ ޖަމްޢިއްޔާ އަކީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ ޙައްޤުތައް ކުރިއަރުވައި، ކުޑަކުދިންގެ ޙައްޤުތަކާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: