ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯވި ގެޔަކަށް ވަދެ، ސިފައިން ތިން މީހަކު ސަލާމަތްކުރި: މިނިސްޓަރ މާރިޔާ

ކަލާފާނު ސުކޫލު..ފޮޓޯ: އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހުގެ ރޭ  މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވެފައި ހުރި ގެޔަކަށް ވަދެ، ސިފައިން ތިން މީހަކު ސަލާމަތްކުރި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ސިފައިން އެންމެ ފުރަތަމަ ބެއްލެވީ  މީހުންގެ ފުރާނަ ސަލާމަތްކުރައްވަން ކަމަށާއި  އެންމެ ފުރަތަމަ ސަލާމަތް ކުރި އަންހެންނަކު އިމާރާތުން ނެރެން އެހީތެރިވި ފަޔާ ފައިޓަރުވެސް ދުމުގެ އަސަރުކޮށްގެން ވެއްޓުނު ކަމަށެވެ. 

މީހުން ސަލާމަތްކުރަން ސިފައިން މަސައްކަތްކުރީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށް ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ،  އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ސިފައިން ކުރި މަސައްކަތަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، މާލޭގައި ގުދަން ކުރަން ހުއްދަދެނީ ކުލާއާއި ތިނަރު އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލަށް ކަމަށެވެ.

އެގޮތުން ސަރުކާރުން 15 ޖެނުއަރީ 2019 ގައި މާލޭގައި ހުރި ގުދަންތައް ޗެކުކޮށް އެކަމުގެ ރިޕޯޓެއް ތައްޔާރުކުރުމަށް، ސިފައިންގެ ފަޔާ އެންޑް ރެސްކިއު އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށް އެންގުމުން ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.

އަދި އެ ތަންތަން ބަލައި ޗެކްކޮށް، ރަނގަޅުކުރަންޖެހޭ ތަންތަނަށް އެކަން ރަނގަޅު ކުރުމަށް އެންގި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

”މާލޭގައި، 126 ގުދަން ޗެކްކުރި. އޭގެ ތެރެއިން 80 އެއްހާ ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި. އެކަމަކު ތަންތަނުގައި ރައްކާކޮށްފައި ހުންނަނީ ހަމަ އެކަނި ހުއްދަ ދޫކޮށްފައިވާ ތަކެއްޗެއް ނޫން. ހުއްދަ ދެނީ ބްލީޗާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެމިކަލް؛ އެހެން ބާވަތްތަކުގެ ކެމިކަލް މާލޭގައި ގުދަން ކުރަން ހުއްދައެއް ނުދޭ.” މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މާރޮޔަ އިތުރަށް ވިދާޅުވީ، ލަންޑަންގައި ހިނގި ގްރެންފެލް ޓަވާ ހާދިސާގައި މީޑިއާއަށް މައުލޫމާތު ދެވޭވަރުވީ ހަތަރު ގަޑިއިރު ފަހުން ކަމަށާއި،  އެތަނުގައި 200 އެއްހާ ފަޔާ ފައިޓަރުންނާއި 75 އަލިފާން ނިވާ ވެހިކަލް ހަރަކާތްތެރިވި ކަމަށެެވެ. 

ނަމަވެސް، ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި، މަދު ވަސީލަތްތަކާއެކު ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައި ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ލަންޑަންގައި ހިނގި ގްރެންފެލް ޓަވާ ހާދިސާގައި މީޑިއާއަށް މައުލޫމާތު ދެވޭވަރުވީ ހަތަރު ގަޑިއިރު ފަހުން. އެތަނުގައި 200 އެއްހާ ފަޔާ ފައިޓަރުންނާއި 75 އަލިފާން ނިވާ ވެހިކަލް ހަރަކާތްތެރިވި. ނަމަވެސް، ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި، މަދު ވަސީލަތްތަކާއެކު ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފައި. ” މިނިސްތަރ މާރިޔާ ވިދާޅުވިއެވެ.

 

އ ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސާ ހިސާން ހަސަން ވިދާޅުވީ، ކާލާފާން ސްކޫލްގައި ގައިމު ކުރި ވަގުތީ ހިޔާގައި މިހާތަނަށް 443 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބައެއް އާއިލާތައް ވަނީ އެ އާއިލާގެ މެންބަރުންގެ ތެރެއިން އެހެން ތަންތަނުގައި ދިރިއުޅޭ މީހުންގެ އެހީ ހޯދާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

“ވަގުތީ ހިޔާގައި 443 މީހުން ރަޖިސްޓްރީ ކުރި، އޭގެ ތެރެއުން މީހުންގެ ތެރެއިން 83 މީހަކަށް މިހާރު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިން، އެކަމު ރަޖިސްޓްރީވި ކޮންމެ މީހަކަށް ދަނީ އެހީތެރިކަން ދެމުން، އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ކާބޯތަކެއްޗާއި އަންނައުނާއި ނިދޭނެ ސަމާނުތައް ފޯރުކޮށްދީ، މި ހުރިހާ އެހީއެއް ދީފައިވާނެ.” ހިސާން ވިދާޅުވި އެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރެއިން 59 ބިދޭސީއަކަށް ގަލޮޅު ދަނޑުން ވަގުތީ ހިޔާ ހަމަޖައްސައިދީފައިވާ ކަމަށާއި އިތުރު 60 ބިދޭސީން އެ މީހުން ވަޒީފާއަދާކުރާ ފަރާތްތަކުގެ ބެލުމުގެ ދަށަށް ހަވާލު ކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ބިދޭސީންގެ ކަންކަމުގައި ވެސް މުއާމަލާތް ކުރަން ޖެހޭ ފަރާތްތަކާއެކު މުއަމަލާތް ކޮށްގެން އެ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: