ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސަގައި މަރުވި ޝައުނާގެ އާއިލާއަށް ރައީސް އަދި ނައިބު ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ހިނގި އަލިފާނުގެ ހާދިސާގެ ތެެރެއިން: ފޮޓޯ:އަވަަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަނެއްގައި ރޯވެ، ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުުގެ ހާދިސާގައި ނިޔާވި ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާގެ އާއިލާއަށް ރައީސުލްގުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ނައިބް ރައީސް ފައިސަލް ނަސީމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އާއިޝަތު ޝައުނާ ނިޔާވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއި އކީ ކަމަށާއި، އެ ހިތާމައިގެ ދަނޑިވަޅުގައ ޢާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. ރައީސްގެ ޓްވީޓްގައި ވަނީ ޝައުނާ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

https://twitter.com/ibusolih/status/1175266480356675586

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ޝައުނާ މަރުވި ހާދިސާއާއި ގުޅިގެން ނައިބު ރައީސް ފައިސަަލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޝައުނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށާއި އަދި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.

https://twitter.com/FaisalNasym/status/1175175916202291201

ހުކުރު ދުވަހުގެ ރޭ ހިންގި އަލިފާނުހެ ނުރައްކާތެރި ހާދިސާގައި ޝައުނާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނިފައިވަނީ އޭނާ ދިރިއުޅޭ އިމާރާތުގެ ތެރެއިންްނެެވެ.

ޝައުނާގެ މައްޗަށް ކުރެވޭ ކަށު ނަމދު މިއަދު މެންދުރު ނަމާދަށް ފަހު ބޭއްވުމަށް ހަމަޖެހިފައިވާއިރ، މައުލޫމާތު ލިބޭ ގޮތުގައި ޝައުނާގެ ހަށިގަނޑުގެ 60% އޮތީ ފިހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: