ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ހަމަ ފައިސާތަށް އަލިފާނަށް ލައި އަންދާލުން!

ތަރައްޤީއަށް ހިންގި މަޝްރޫޢުތަށް ނުބެލެހެއްޓި ވީރާނާވަނީ! ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށް މި މުޖުތަމަޢަކީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މިދިޔަ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުތަކަކީ ޒަމާނަށް ފެތޭ ބިލިއަނުން ޚަރުކޮށްފައި ހުރި މަޝްރޫޢުތަކެވެ. ރާއްޖޭގެ މަލަމަތި ބަދަލުކޮށްލީ ކުރީގެ ސަރުކާރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހިތްފަސޭހަ ޕާކުތަކާއި މަގުތަކުގައި އަޅާފައިވާ ތާރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާފައިވާ މާސިންގާ ބޮޑު ރަންވޭއާއި ޕާކިންގް މައްސަލައަށް ޙައްލު ގެނައުމަށް ހަދާފައިވާ ޕާކިންގް ސިސްޓަމްތަކާއި ޒުވާނުންނަށްޓަކައި ތަރައްޤީކުރަން ފަށާފައިވާ ކުޅިވަރު އެރީނާ ތަކަކީ މުޅިންވެސް ރައްޔިތުންގެ ފައިސާ އެންމެ ފައިދާ ކުރުވަނިވި ގޮތުގައި ހޭދަކުރުމަށް އޭރުގެ ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ދަށުން ޕްލޭން ކުރެވިގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުތަކެވެ.

ކުރީގެ ސަރުކާރުން ތަރައްޤީ ކުރި އިސްކަންދަރު މައިޒާނުގެ ނޭމް ޕްލޭޓް ހަލާކުވަނީ. ފޮޓޯ: ޓުވިޓާ

ބޮޑެތި އިމާރާތްތަކުންނާއި ދުއްވާއެއްޗެހިން ތޮއްޖެހި ދުމާއި ހިރަފުހުން ތަޤައްޔަރުވެފަިއވާ މާލެއަކީ ކުޑަކުދިންނަށާއި އިސްރައްވެހިންނަށް ހިތްފަސޭހަ ކޮށްދިނުމަށް މާލޭގެ އެކި ސަރޙައްދުތަކުގައި ޕާކުތަށް ހެދުމާއެކު އެތަންތަން މީހުންނާއިގެން ފުރުނެވެ. މެންދުރުގެ ރަތްދައްކާ އަވީގައި ފިނި ކޮށްލުމަށްޓަކައި މާލޭގައި ގޮސް ވަންނާނެ މައިޒާންތަށް ހެދުން ފެށުމުން އޭރު ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެއެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި ގާތްތިމާގެ ކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭ ތަންތަނުގެ ގޮތުގައި އެ ޕާކުތަށް ވެގެންދިޔައެވެ.

ކުރީގެ ސަރުކާރުން ތަރައްޤީ ކުރި އިސްކަންދަރު މައިޒާނުގެ ނޭމް ޕްލޭޓް ހަލާކުވަނީ. ފޮޓޯ: ޓުވިޓާ

އެ ޕާކުތަކަކީވެސް މިލިއަނުން ޚަރަދުކޮށް ބަޔަކު ރައްޔިތުންނަށްޓަކައި ތަރައްޤީކޮށްފަިއވާ ތަންތަނެވެ. އޭގެ އަހަރެއް ފަހުން އެތަންތަން ފެނިގެން މިދަނީ ވީރާނާވެ ހަލާކުވާން ފަށާފައިވާ މަންޒަރުތަކެވެ. ޕާކުތަކުގައި ހުރި ސީސޯތަކުން ދަބަރުޖަހައި އުނދޯލި ތަކުގެ ދާގަނޑުތަށް ހުންނަނީ ކެނޑިފައެވެ. ޕާކުތަކުގައި އިންދާފައި ހުރި ވިނަތަކުގެ ތާޒާކަން ގެއްލި މިލާ މޯޅިވެފައިވާ މަންޒަރެވެ. މިއަދު އެތަންތަނަކީ މަލޭގައި ވީރާނާވާން ހުހައް ބަހައްޓާފައި ހުރި ހުސް ޕާކުތަކެކެވެ. އެ ޕާކުތައް މިހެން ހުއްޓާ ބްރިޖް ކައިރިން ބޮޑު ޕާކެއް ހަދަމުންދާއިރު ވީރާނާ ވާން ހުރި ޕާކުތަށް ވީރާނާ ވާން ދޫކޮށްލަނީބާ؟ ޕާކުތައް ހެދުމަށް ހަރަދުކުރި ފައިސާތަށް ބޭކާރުވާން ދޫކޮށްލައްވަނީތޯ؟

ކުރީގެ ސަރުކާރުން ތަރައްޤީ ކުރި ރަސްފަންނުގެ މޫދު ޕްލާސްޓިކް ކުނި ބުނިން ފުރިފަ. ފޮޓޯ: ޓުވިޓާ

އަބަދުވެސް ދެކެވެމުން އަންނަ އެއްވާހަކައަކީ މާލޭގައި ޕާކިންގް ނިޒާމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ވާހަކައެވެ. އެ މައްސަލައަށް ޙައްލުހޯދުމަށް ކުރީގެ ސަރުކާރުން ޕާކިންގް ސިސްޓަމްތަށް މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކޮށް ސިސްޓަމްތަށް ރާވަން ފެށިއެވެ. ބައެއް ސަރަޙައްދުތަކުގައި ރާވާ ނިންމާ އޮޕަރޭޓް ކުރަންފެށިއެވެ. ސަރުކާރު ބަދަލުވުމާއެކު އެއީ އެންމެ އެދެވޭ ހައްލެއް ނޫން ކަމަށް ފެންނާތީ ޕާކިންގް ސިސްޓަމްތަށް މިޙާރުވަނީ ނަގާފައެވެ. ސަރުކާރުން ބުނަނީ އަދިވެސް ޕާކިން މައްސަލައަށް ޙައްލުހޯދުމަށް އިތުރަށް މަޝްވަރާ ކުރަމުން އަންނަ ވާހަކައެވެ. ސުވާލަކީ މައްސަލައިގެ ޙައްލު ފައިނަލައިޒް ނުކޮށް ޕާކިންގް ސިސްޓަމްތަށް ނެގުމަށްފަހު ބާދަގަޑަށް ވާ ދޫކޮށްލީ ކީއްވެތޯ؟ ޖަވާބުގައި ސަރުކާރުން ބުނީ ޕާކިން ސިސްޓަމްއަށް ވުރެ ޕާކިންގް ބިލްޑިންގްތަކަކީ އެދެވޭ ޙައްލެއް ކަމަށެވެ. އަދި އެކަމަށް މަޝްވަރާތަށް ކުރެވެމުންދާ ކަމަށެވެ. ޕާކިންގް ސިސްޓަމްތަކަކީ އޭރު ވަގުތީ ހައްލެއްގެ ގޮތުގައި ބަލައިގެން ފެށި ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނިއެވެ. އަދި ޕާކިންގް ސިސްޓަމްތަކަށް ވުރެ ވަގުތީ ޙައްލަކަށް ޕާކިންގް ޒޯންތަށް ބަރާބަރު ކަމަށް ބުނެ އެކި ސަރަޙައްދުތަކުގައި ޕާކިންގް ޒޯންތަށް ތަރައްޤީ ކުރަން ފަށައިފިއެވެ. ބާދަގަނޑަށް ވާން ދޫކޮށްލި ޕާކިންގް ސިސްޓަމްތަކަކީވެސް ހަމަ ފައިސާ ނޫންތޯ؟ ދަބަރު ޖަހާ ފީވާން އެ ދޫކޮށްލެވުނީ ހަމަ ފައިސާނޫންތޯ؟

ކޯޑު އެފް ލެވެލްގެ ރަންވޭ ހުޅުވިތާ އެއް އަހަރުވީއިރުވެސް އޮޕަރޭޓް ނުކުރޭ. ފޮޓޯ: ސަންގު

ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ އެއްކުންފުންޏަކީ ރާއްޖޭގެ މައި ދޮރާށި ނުވަތަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް ކަމަށްވާއިރު އެއާޕޯޓަކީ ތިންގުނަ އިތުރަށް ޤައުމަށް ފައިދާވާތަނަކަށް ހެދުމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ވަނީ ނިމިދިޔަ ސަރުކާރުން ފަށާފައެވެ. އެއާޕޯޓުގައި ފެށި އެ ބިޔަ މަޝްރޫ ދުންޖަހާފައި ފެށިގޮތަށް އައިސް މިއަދު މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ކުރީގެ ސަރުކާރުގައި އެއާޕޯޓުގަިއ ފާހަގަކޮށްލެވޭ ބައެއް މަޝްރޫޢުތަށް ވަނީ ނިމިފައެވެ.

3.4 ކިލޯ މީޓަރު ދިގު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ބިޔަ ރަންވޭ ނިންމާ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހު ހުޅުވާ ދުނިޔޭގެ އެންމެ ބޮޑެތި މަރުކާރުގެ އޭ 390 ގެ ބޯޓެއް ވަނީ ޖައްސާފައެވެ.

އުސޫލެއްގެ ރަންވޭ ކޮމާޝަލް ދަތުރުތަކަށް ހުޅުވާލާނީ ރަންވޭ އެއްކޮށް ނިމޭތާ ތިން މަސަފަހުންނެވެ. ރަންވޭ ނިމި އަހަރެއް ފާއިތުވެގެން ދިޔަ އިރުވެސް އަދިވެސް އެ ރަންވޭއަށް އިތުރު ފްލައިޓެއް ނުޖައްސައެވެ. އާންމުދަތުރުތަކަށް ހުޅުވާ ނުލައެވެ. އައު ރަންވޭއަކީ ނިސްބަތުން ބަލާއިރު މިހާތަނަށް ރާއްޖޭގައި ބޮޑު އަދަދަކުން ޚަރަދުކޮށްގެން އެޅި ރަންވޭއެކެވެ. ނަމަވެސް އެ ރަންވޭ އަދިވެސް ޚިދުމަތަށް ނުހުޅުވި އޮތް އިރު އެއީ ވެސް ފައިސާ ނޫންތޯ؟ އެއާޕޯޓުން ހުޅުވެން ހުރި ވަޒީފާގެ ދޮރުތަށް ނުހުޅުވި ލަސްވާއިރު މިއީވެސް ރައްޔިތުންގެ ޖީބަށް ލިބޭ ހުސްކަމެއް ނޫންތޯ؟

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސިޔާސީ ތަޅާފޮޅުންގަނޑެކެވެ. އެއް ސަރުކަރުން އަނެއް ސަރުކާރުގެ ކުއް ދައްކާ ހަޑި ސާފުކުރަމުންދާ މަންޒަރެެވެ. އެއް ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ މަޝްރޫތަކަށް ފަސް އަޅާ ފޮރުވަން އުޅޭ ތަނެވެ. ކޮންމެ ބަޔަކު ކުރިއަސް ރައްޔިތުންނަށް އެކަމުން ފައިދާ ވަންޏާ އެއީ އެންމެންވެސް ބަލައިގަންނަންވީ ކަމެކެވެ. އެގޮތް ކަމުނުދަންޏާ އެއަށްވުރެ ރަނގަޅު ގޮތެއް ދެއްކުމަށްފަހު ކުރިއަށް ވަޑައިގަންނަވަންވީއެވެ. ބުނާ ބަހަކުން ނޫނެވެ. ޢަމަލުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: