ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ އުޚްވަންތަކަމީ މުގައްދަސް ގުޅުމެއް: ޚުތުބާ

ހުކުރު ނަމާދު ކުރަނިކޮށް..ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ހުކުރު ހުތުބާގައި ގޮވާލައިފި.

ހުކުރު ހުކުތުބާގައި ވަނީ އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓެމަށް ގޮވާލައި އިސްލާމީ އުހުއްވަތްތެރިކަމުގެ މުހިންމުކަމަށް އަލިއަޅުވާފައެވެ.

އެގޮތުން އިސްލާމީ އަހްވަންތަކަމަކީ މުގައްދަސް ގުޅުމެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ އީމާންކަމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ، ގަދަކީރިތިވަންތަ އިލާހަށްޓަކައި ގާއިމުވާ އެ ގުޅުމުގެ ސަބަބުން އޭގެ އަހުލުވެރިން ބައްދަލުވާނީ ހެޔޮކަމާއި ހެޔޮ ގޮތްތަކާ އެކުގައި ކަމަށެވެ.

ދުނިޔޭގައި ވެސް އެ އެބައިމީހުންގެ މެދުގައި އޯގާތެރި ގުޅުން ގާއިމުވެފައި އޮންނާނެ ކަން ފާހަގަކޮށް ހުތުބާގައި ބުނީ އާހިރަތް ދުވަހު އެފަދަ އެކުވެރިން ތިބޭނީ ނޫރުންވާ މިންބަރުތަކެެއްގައި މަތީގައި ކަމަށެވެ.

އިސްލާމީ އުހުއްވަތްތެރި ކަމަކީ ގާތްތިމާގެ ކަމާއި ލޭގެ ގުޅުމެކޭ އެއްފަދަ ނުވަތަ އެޔަށްވުރެ މާ މަތިވެރި ގުޅުމެއް ކަމަށާއި އެއީ އިންސާނާ އޭނާގެ އަހާއަށް ލިބެންޖެހޭ ހައްގުތަކާއި ޖާގަދީ އޭނާއަށްޓަކައި އަދަދު ނުކުރެވޭހާ ގިނަގުނަ ކަންތައްތައް ކޮށްދިނުމަށް ބޭނުންވާ ސަބަބު ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެެވެ.

އިސްލާމީ އުހުއްވަތްތެރި ކަމުގެ ގުޅުމުގެ ބޭނުމަކީ ﷲ ތައާލާގެ ހަޟްރަތުން ރުއްސެވުމާއި ފުއްސެވުން ލިބިގަތުން ކަން ފާހަގަކުރައްވަމުން ހުތުބާގައި ވަނީ އެއީ މަތިވެރިގެންވާ ސުވަރުގެއަށް ދިއުމަށްޓަކައި އަލިވެގެންދާ މަގެއް ކަން ވެސް ފާހަގަކޮށްފައެވެ.

މީގެއިތުރުން މުސްލިމުން ދިިރިއުޅޭ މުޖުތަމައަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އެ މުޖުތަމައަކީ އުހުއްވަތްތެރި އެއްބައިވަންތަ އެއް ބައެއްވަންތަ މުޖުތަމައެއްކަމުގައި ވުން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އެއްބައިވަންތަކަމަކީ އަމާން އައްސޭރިއަކަށް ގައުމު ގެންގޮސްދޭނެ ކަމެއް ކަން ކަށަވަރު ކަމަށް ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ، މުޖުތަމައުގައި އެއްބައިވަންތަ ކަން ދެމެހެއްޓޭނީ އެކަކު އަނެކަކަށް އިހްތިރާމު ކޮށްގެން ކަމަށެވެ.

ހުތުބާގައި ވަނީ ގައުމެއްގެ ވެރިންނާއި ރައްޔިތުންނާއި މެދުގައި އުހުއްވަތްތެރި ގުޅުމެއް އޮތުމުގެ މުހިންމު ކަމަށާއި އަދި އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައެވެ.

އިސްލާމީ މުޖުތަމައެއްގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ތިމާގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށްވުރެ މުޖްތަމައުގެ މަސްލަހަތަށް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ އެއް ދީނަކަށް ތަބާވެެގެންތިބި މުސްލިމުންނަށް ވާއިރު، މުޖުތަމައުގެ މަސްލަހަތު ރައްކާތެރި ކުރެވޭނީ އެ މުޖްތަމައެެއްގެ ފަރުދުންގެ ހައްގުތައް ރައްކާތެރިކުރެވިގެން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ، މުސްލިމުންގެ މެދުގައި އޮންނަންވާ އިސްލާމި އުހުއްވަތްތެރިކަން ހަރުދަނާ ކުރުމަށް ކީރިތިވަންތް ﷲ ތައާލާ ވަނީ އަންގަވާފައި ކަމަށެވެ.

އިސްލާމީ އުހުއްވަތްތެރިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއްކަމުގައި ހަދައިގެން ނުވާނެ ކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ އެއީ ތިމާގެ ނަފުސާއި ހިތުގެ އަޑީގައި ބިންވަޅު ނެގިފައިވާ ގޮތާއި އެއްގޮތަށް އަމަލުކުރާ ގުޅުމަކަށް ވާންޖެހޭނެ ކަމަށެވެ.

ހުތުބާގައި ބުނީ ތާރީހުން ފެންނަ އޮތް އެންމެ ރަނގަޅު މުޖުތަމައަކީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އޮތް އިސްލާމީ މުޖުތަމައު ކަމަށެވެ.

ރަސޫލާގެ ހަޔާތްޕުޅުގައި އޮތް އިސްލާމީ މުޖުތަމައު އެންމެ ރަނގަޅު މުޖުތަމައަށް ވުމުގެ ސިއްރަކީ ސާލިހު ހަރަދަނާ މުޖުތަމައެއް ބިނާކުރެއްވުމަށް ރަސޫލާ ކުރެއްވި ބުރަ މަސައްކަތްޕުޅާއި އަދި އެކަލޭގެފާނުގެ އަސްހާބުން އެކަމަށް ދެއްވި ސަމާލުކަން ކަމަށް ހުތުބާގައި ފާހަކުރިއެވެ.

ހުތުބާގައި ވަނީ އެކަކު އަނެކަކަށް ހަސަދަވެރިނުވެ އެކަކު އަނެކަކު ދެކެ ރުޅި ނައުމަށް ގޮވާލާފައެވެ.

މީގެ އިިތުރުން ހުތުބާގައި ވަނީ ތިމާއަށް ލިބިފައިވާ ފަދަ ފޯރުންތެރިކަމަކާއި ރިވެތި އަހްލާގަކާއި ދީންވެރިކަމެއް ތިމާގެ އަހާއަށް ދުނިޔެއިން ލިބުން އެދެންވާނެ ކަމަށްވެސް ގޮވާލާފައެވެ.

ހުތުބާ ނިންމާލަމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ އެންމެހައި މުސްލިމުން ރައްކާތެރިކުރައްވައި އެއުރެންނަށް ނަސްރާއި ކާބިޔާބު ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: