ކުއްލި ޚަބަރު

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ޑިސެމްބަރު 15އަށް ނިންމާ ރިޕޯޓު އާއްމު ކުރެވޭ ވަރުވާނެ: ރައީސް ސާލިހް

ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ރައްޔިތުންނަށް ދައްކާލުމަށްރައީސް ޔާމީންގެ ސަރުކާރުން ބޭއްވި ޖަލްސާ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ނުހައްގުން ފްލެޓް ދޫކުރި މައްސަލަ ބަލަން އުފެއްދި ކޮމިޓީގެ މަސައްކަތް އަންނަ ޑިސެމްބަރު 15އަށް ނިންމާ ރިޕޯޓު އާއްމު ކުރެވޭ ވަރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެ ކޮމިޓީން ބަލަމުން ދަނީ، "ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުން" މަޝްރޫއުގެ އިތުރުން "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" މަޝްރޫއުގައި ފްލެޓް ދޫކޮށްފައިވާ ގޮތެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ލަސް ކަމަށް ބުނެ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކޮމިޝަނެއްގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވިއިރު ކޮމިޓީގެ މަސައްކަތްތައް ލަސްވެ އެކަމާއި ބެހޭ ތަފްސީލުތަކެއް ވަނީ ލިބޭ ގޮތެއް ނުވެފައެވެ. ފަސް މެމްބަރުން ތިއްބަވާ ކޮމިޓީން އިސްތިއުފާ ދެއްވީ މުހައްމަދު މުއިއްޒު އަދުނާނާއި އަހުމަދު ތޮލާލެވެ. ފްލެޓު ކޮމިޓީގެ ދެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅޭގޮތުން ވާހާކަ ދައްކަވަމުން ރައީސް ވިދާޅުވީ ކޮމިޓީގެ ދެ މެމްބަރަކު ދާދި ފަހުން އިސްތިއުފާ ދެއްވީ ކޮމިޓީގެ މަސައްކަތް ނުހިނގައިގެން ނޫން ކަމަށާއި އެއީ ކޮމިޓީގެ މަސައްކަތަށް ދެ ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ނުދެއްވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ކޮމިޓީން މިހާރު ކުރަމުން އަންނަނީ އެ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ފެށުމުގެ މަސައްކަތް ކަމަށެވެ. ފޯމު ހުށަހެޅި ކޮންމެ މީހެއްގެ ގެއަށް ގޮސް ހާލަތު ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަން ރައީސް ފާހަގަކުރެއްވި އެވެ. ކޮމިޓީގެ ޒިންމާގެ ތެރޭގައި ތިން މަޝްރޫއަކުން ފްލެޓް ދޫކުރި ގޮތް ބެލުން ހިމެނެއެވެ. ގުޅީފަޅު މަޝްރޫއުގައި ދިމާވި މައްސަލަތައް ބަލައި ރިޕޯޓެއް ފްލެޓު ކޮމިޓީއިން މީގެ ކުރިން އެކުލަވާލިއެވެ. އޭގައި ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމާފައި ވަނީ އެ ފަރާތްތަކަށް ހިޔާ މަޝްރޫއުން ފްލެޓް ދިނުމަށެވެ.

ނިމިދިޔަ ސަރުކާރުގައި ނުހައްގުން އެތައް ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނާތީ އެމައްސަލަ ބެލުމަށް އުފައްދަވާފައިވާ ކޮމިޓީން ގޮތްތަކެއް ނިންމާއިރު ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ. ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ކޮމިޓީގެ މަސައްކަތް ފަށައިގަތްއިރު، އެ ކޮމިޓީން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހައުސިން މިނިސްޓްރީން ފްލެޓް ދޫކުރުމުގައި ރައްޔިތުންގެ ހައްގުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން 704 ފްލެޓް ދޫކޮށްފައި ވެއެވެ. އަދި އެ ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެމުންދާއިރު، ކޮމިޓީން އެ މީހުންނާއި އެކު ހަދާފައިވާ އެގްރީމެންޓު ހޯދާފައި ވެއެވެ. އަދި ގުޅީފަޅު މަޝްރޫއޫން 158 ފަރާތަކުން ފްލެޓް ގަނެފައިވާއިރު، ފްލެޓް ހަވާލުނުކުރާ 140 ފަރާތެއްވާ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ގިނަ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުންވެސް ދޫކޮށްފަ އެވެ. އޭރުގެ ހައުސިން މިނިސްޓަރު ސޮއި ކުރައްވައި ދެއްވާފައި އޮތީ ސަރުކާރުގެ ސައްހަ ލިއުމެކެވެ. އެކަމަކު އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޕޮއިންޓް ދޭން އާއްމުކުރި އުސޫލާ ވެސް އެއްގޮތަށް ނޫން ކަމަށާއި މިހާތަނަށް ބެލި އިރު ވެސް ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: