ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓުން މުވައްޒަފުންތަކެއް ކަނޑާލަނީ

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު ޝުރާއު --- ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަންގުޓީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކި ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، އެ ވާހަކަތައް އޮފީސްތެރޭގައި ދެކެވި ބައެއް މުވައްޒަފުން ޝަކުވާކޮށްފައިވެސް ވެއެވެ. ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 11 މުވައްޒަފަކު ވަޒީފާއިން ކަނޑާލާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެއް މުވައްޒަފަކު ވަނީ ވަޒީފާއިން ވަކިިކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން، މުވައްޒަފުންތަކެއް ކަނޑާލަން އުޅޭ ވާހަކައެއް މުވައްޒަފުންތެރޭ ދެކެވެން ފެށުމުގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސްޓާފް މީޓިންއެއް ބާއްވާފައިވެއެވެ. އެގޮތުން، އެ ބައްދަލުވުމުގައި، އެކަމަނާ މަސައްކަތް ކުރައްވަނީ މުސާރައަކަށް ނޫން ކަމަށާއި 65،000 ރުފިޔާއަށް ނުލިބުނަސް އުޅޭނީ ތަނަވަސް ދިރިއުޅުމެއްގައިކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުންވެސް ހަ ކުދިން ދޫކޮށް ޓްރާންޕޯޓާއި ހަވާލުވީ ރައްޔިތުންނަށްޓަކައި ކަން ފާހަގަކުރައްވައި، ޝަކުވާއެއްކޮށްގެން ވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފެއް ބުނީ ތަނުގެ ތެރޭގައި ހިނގަމުންދާ ގޯސް ކަންތަކުގެ ވާހަކަ މިނިސްޓަރާއި ބައްދަލުކޮށް ބައެއް މީހުން ހިއްސާކޮށްފައިވާކަމަށެވެ. ޓްރާންސްޕޯޓް އޮތޯރިތީ އިން މައުލޫމާތު ދިން މުވައްޒަފުން ބުނާ ގޮތުގައި މުވައްޒަފުންނާއި ހޮނިހިރު ދުވަހު އެ މީހުން ކަނޑާލިކަމުގެ ލިޔުން ހަވާލު ކުރާނެއެވެ.

ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގުސަދެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ. ނަމަވެސް ފާއިތުވި ދިހަ ވަރަކަށް މަސް ދުވަސް ތެރޭގައި ސަރުކާރުގެ އެތައް މުވައްޒަފުންނެއް  ވަޒީފާ އިން ވަކިކޮށްފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: