ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވައުދުތައް ފުއްދާތަނެއް ނުފެނޭ: މުފީދު

މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު : ފޮޓޯ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކާއި ދެއްވިހާ އުންމީދުތައް ފުއްދަދޭ ތަނެއް ނުފެންނަ ކަމަށް މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހަަސަން މުފީދު ވިދާޅުވެއްޖެއެވެ.

އޭނަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދުގެ ސަރުކާރުގެ އަމަލްތަކާއި ބަސްމަގުު ހުރި ގޮތުން ދޭހަވަނީ ބަދަލު ހިފުމުގެ ރޫހެއްގައި ކުރިއަށްދާ ކަން ކަމަށެވެ.

https://twitter.com/Hasa_Naa/status/1174860732162199553

ފައިސާ ދީގެން ޕާކު ކުރަން  ސަރުކާރުން 40 ޖާގަ ދޫކުރުމާއި ގުޅިގެން މުފީދު ވިދާޅުވީ އެޖެންޑާ 19 ގެ ހިތްތިރިކާމާއި އޯގާތެރިކަން ނުފެންނަ ކަމުގައެވެ.

މީގެ ކުރިން ވެސް މެމްބަރު މުފީދު ވަނީ ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު  ދައްކަވާފައެވެ.

އެގޮތުން ސަރުކާރުން ވަނީ ރައްޔިތުންނާއި މެދު އިހްމާލުވެފައި ކަމަށް ބުނެ އޭނާ ވަނީ މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

މީގެއިތުރުން އަނދިރި ދައުލަތަކީ ރައީސް ނަޝީދާއި އަމަނިކުފާނުގެ ބައިވެރިން ކަމަށް ބުނެ އޭނާ ވަނީ ނަޝީދު ކުރެއްވި ޓުވީޓަކަށްވެސް ރައްދު ދެއްވާފައެވެ.

ސަރުކާރުން ރައްޔިތުންނަށް ވީ ވައުދު ނުފުއްދޭ ކަމަށް މުފީދު ވިދާޅުވާއިރު، ސަރުކާރުގެ ކޯލިޝަނުގެ އެއް ހިއްސާދާރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ވައުދު މި ސަރުކާރުން ފުއްދާނެ ކަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވަނީ ސަރުކާރުގެ ސްޕީޑު ރަނގަޅު ކަމަށާއި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: