ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުތަށް ހުސްކުރަނީ އެމްޑީޕީ ފިކުރަށް މުސާރަ ދީގެން: ރައީސް ޔާމިން

ރައީސް ޔާމިން މ.ނާލާފުއްޓަށް ވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވަނީ . ފޮޓޯ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުތަށް ހުސްކުރަނީ އެމްޑީޕި ފިކުރަށް މުސާރަދީގެން ކަމަށް ކުރީގެ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މ. އަތޮޅަށާ ފ. އަތޮޅަށް ފަށާފައިވާ ދަތުރުގެ ތެރެއިން މ.ނާލާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ ރައްޔިތުންގެ ކަންކަން ފުދިގެން ދިޔުމަކީ ސަރުކާރުގެ އަމާޒެއް ނޫން ކަމަށާއި އެކަން އިދިކޮޅުގައި އެބޭފުޅުން ތިއްބެވިއިރު ދައްކައިފި ކަމަށް ވިދާޅުވިއެވެ.

“ފަސް އަހަރުގެ ދައުރެއް ނިމިގެން ދިޔައިރު އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރެއް ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައެއް ނުހުންނާނެ. ތަރައްޤީއަށް ވޯޓު ދީފައެއް ނުހުންނާނެ.” ރައީސް ޔާމީން ވިދާޅުވިއެވެ.

އޭރު ބަޖެޓަށް ވޯޓު ނުދިނީ ބަޖެޓުގައި ޤަބޫލު ނުކުރެވޭ ކަންކަން ހުރުމުން ކަމަށް މިހާރު އެބޭފުޅުން ވިދާޅުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުން މި ސަރުކާރުން ފާސްކުރި ބަޖެޓަށް ވޯޓު ދިނީ ޤަބޫލު ކުރެވޭ ކަންކަން ހުރެގެން ނޫން ކަމަށާއި ވޯޓު ދިނީ ހަމައެކަނި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް ނޭޅުމަށް ކަމަށް ވިދާޅުވިއެވެ.

“މިއީ ރައްޔިތުންގެ ތަރައްޤީ. ރައްޔިތުންގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް ޖަހާ ބަޖެޓެއް ކަމަށްވާތީ ބަޖެޓުގައި ހުރި ކަންކަން ކަމަކީ ޤަބޫލު ނުކުރެވޭ ކަންކަން ކަމަށް ވިޔަސް، ރައްޔިތުންގެ ތަރައްޤީއަށް އަޅުގަނޑުމެން ވޯޓު ދޭނަނަން” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވޯޓު ދެއްވި ނަމަވެސް ބަޖެޓުގައި ހުރި އުނި ކަންތައްތަކުގެ ވާހަކަ ދައްކަވާނެ ކަމަށެވެ. 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދެއްވާފައިވާއިރު އޭގެ ތެރެއިން 70 އިންސައްތައަކީ ސަރުކާރުން އެކުލަވާލަވާލާފައިވާ ކޮމިޝަންތަކަށާއި އެބޭފުޅުން ސިޔާސީ މަޤާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ މުސާރައަށް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

“މި ސަރުކާރަކީ މިސަރުކާރުން ވަޒީފާ ދީފައި ތިބި، ސަރުކާރުގެ ފިކުރުގައި ތިބި އެމްޑީޕީ މީހުންނަށް މުސާރަދޭ ސަރުކާރެއް.” ރައީސް ޔާމީން

އެމްޑީޕީއިން ސަރުކާރާއި ހަވާލުވިތާ 10 މަސްވާން ގާތްވެފައިވާއިރު ނަތީޖާ ފެނިފައިނުވާކަން ރައީސް ޔާމިން ފާހަގަކުރެއްވި. އަދި ކުރިއަށް އޮތް 3 މަސް ދުވަހު އެދެވޭ ނަތީޖާއެއް ފެންނާނެ ކަމަށް ސަރުކާރުން ބުނާއިރު ރައްޔިތުން އެކަމާއި ވިސްނާލަން ޖެހޭ ކަމަށް ވިދާުވިއެވެ. ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި ބަޖެޓުގެ ގޮތުގައި ހުންނަނީ 17000 ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

“މިޙާރު ޖަހާފަ ހުރި މަޝްރޫއެއް ހިންގަން ޖަހާފަ ހުންނަ ފައިސާއަށް މިހުންނަނީ 15000، 17000 ރުފިޔާ. ކޮން މަޝްރޫއެއްތޯ މި އަދަދުން ހިންގޭނީ؟ މިސްކިތެއް މަރާމާތު ކޮށްލަންވިޔަސް މިއަދަދުން ނުވާނެ. 17000 ރުފިޔާ އަކީ ކެޕިޓަލް މަޝްރީޢު އަކަށް މީހާކު ޖަހާނެ އަދަދެއް ނޫން.” ރައީސް ޔާމީންް ވިދާޅުވިއެވެ.

މި ސަރުކާރުން އަދިވެސް އުޅެނީ ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކަކީ އެއީ ބޮޑެތި ގޯސްތަކެއް ހަދާފައިވާ މަސައްކަތްތަކެއްގެ ގޮތުގައި ރައްޔިތުންނަށް ދެއްކުމަށް ކަމަށް ރައީސް ޔާމިން ވިދާލުވިއެވެ. މިއީ 2008 ވަނަ އަހަރު އެމްޑީޕީއިން ވެރިކަމަށް އައުމަށް ރައީސް މައުމޫން އާއި ޖަދަލުކުރައްވާ އޭރުވެސް ދެއްކެވީ އެފަދަ ވާހަކަތަކެއް ކަމަށާއި އެމްޑީޕީ ފިޔަވާ އެހެން ހުރިހާ އެންމެންނަކީ ރިޝްވަތު ދީ ރިޝްވަތުގައި ހިފާމީހުން ކަމުގައި އެބައިމީހުން ދެކޭ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

އެމީހުން ނޫން އެހެން އެންމެންނަކީ ވަގުން. އެމީހުން ނޫން އެހެން އެންމެންނަކީ ކޮރަޕްޓް މީހުން. އެމީހުން ނޫން އެހެން އެންމެންނަކީ ދައުލަތުގެ ފައިސާގައި ޖެހިފައި ތިބި މީހުން. އެމީހުންނަކީ ވަކި ކޮންތާކުން އައިސް ތިބި ބައެއްތޯ؟ މިޙާރު ބެލިޔަސް އެންމެ ބޮޑެތި ކޮރަޕްޝަން ހިނގާފައި އޮންނާނީ އެމީހުންގެ ތެރޭގައި.” ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: