ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވަން މަޝްވަރާ ކޮށްފި

ނައިބު ރައީސް ކަމާއި ބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވަނީ.. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް އިހާނެތިކޮށްހިތުމާ، ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލައްވާފައިވާ ޚާއްޞަ ކޮމެޓީއާއިއެކު ރައީސް އޮފީހުގައި  ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އަދި ތަޙައްމަލުކުރާ މުޖުތަމައެއް ޤާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނެއެވެ.

އެ ބައްދަލުވުމުގައި  ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖްތަމަޢު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު ދަތިތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ޤާނޫނަށް އިޞްލާހުތަކެއް ގެންނަންޖެހޭކަމަށް އެ ބައްދަލުވުމުގެ ބައިވެރިން ފަހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސގެ  އިތުރުން މިނިސްޓަރ އޮފް ޑިފެންސާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހޯމު އެފެއާޒްއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ރައީސް އޮފީހުގެ ޗީފްއޮފް ސްޓާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: