ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގުޅުން ގޯހެއް ނޫން، އެއީ އޮޅުވާލަން ދައްކާ ވާހަކަތަކެއް”

ފޮޓޯ: ސަން އޮންލައިން / އަހްމަދު އަވްޝަން އިލްޔާސް --- ފަހަކަށް އައިސް ރައީސް ސޯލިހްއާއި، ރައީސް ނަޝީދުގެ ގުޅުން ގޯސްވެފައިވާ އަޑުތައް ވަނީ ގަދަވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ދުވަސްވީ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދު އޮތް ގުޅުން ގޯސްވެފައި އޮތްކަަމަށް ބަޔަކު ވާޙަކަ ދަައްކަނީ ފިތުނަ އުފެއްދުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްއާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް ފަހަކަށް އައިސް ވަނީ ގަދަވެފައެވެ. އެގޮތުން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭގައިވެސް ބައިސަބައިވުން އެބައޮތްކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ތުހުމަތު ކުރެއެވެ.

މަރުގެ ކޮމިޝަނުން ދާދިފަހުން ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ރައީސްއަށް އަރުވާފައިވަނީ އެމަނިކުފާނުގެ އިޒުނައަކާއި ނުލާކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެއަށްފަހު، ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ހީފުޅުވާކަމަށް ވެސް ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނާއި މެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ދެ ބޭފުޅުން ބައްދަލުވެ ކަންކަމާއި ވާހަކަ ދައްކަވާ މަޝްވަރާ ވެސް ކުރައްވާ ކަމަށެވެ.

ރައީސް ސިފަ ކުރެއްވި، އެމަނިކުފާނާއި ރައީސް ނަޝީދާއި މެދު ގުޅުން ގޯސްވެފައިވާކަމަށް ބުނެ ފަތުރާ ވާހަކައަކީ ބަޔަކު ރާވައިގެން، ހިންގަމުންދާ އަމަލެކެވެ. އަދި، އެއީ ރައްޔިތުން އޮޅުވާލުމަށް ދައްކާ ވާހަކައެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ރައީސް ނަޝީދާ ދޭތެރޭ މައްސަލައެއް ނެތް، އެއީ އެއްވެސް މައްސަލައެއް ނޫން. އެއީ އޮޅުވާލައިގެން ބަޔަކު ގަސްދުގައި ދައްކާ ވާހަކައެއް. ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް (އަޅުގަނޑުމެން ދެމެދު) ނޯންނާނެ” ރައީސް ވިދާޅުވި އެވެ.

ފޮޓޯ: ސޯޝަލް މީޑިއާ / ރައީސް ނަޝީދާއި ރައީސް ސޯލިހްއަކީ ޒަމާންވީ ގާތް ދެ އެކުވެރިން

ރައީސް ނަޝީދާއި އެއްވެސް މައްސަލައެއް ނެތްކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް އެމަނިކުފާނު ވަނީ ސަރުކާރު ހިންގުމުގައި “ލެގެއް” އުޅޭކަމަށް ހީވާކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ގޮތަށް، ސަރުކާރު ހިނގުން ލަސްކަމަށް ގަބޫލުފުޅު ކުރައްވަން ތޯ “ސަންގުޓީވީ” އިން ސުވާލު ކުރުމުން ރައީސް ވިދާޅުވީ މި ދައުރުގެ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދަނީ ވަރަށް ބާރު ސްޕީޑެއްގައިކަން އެމަނިކުފާނުވެސް ގަބޫލު ކުރައްވާކަމަށެވެ.

އެ މަސައްކަތްތަކަކީ ގިނަ އަދި ބުރަ މަސައްކަތްތަކެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ފެހި ގާނޫނު އަސާސީ އުފެދުނު ފަހުން މިހާތަނަށް ފެނިފައިނުވާ ވަރުގެ މަޖިލީހެއް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ، މަޖިލީހުން ސަރުކާރަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ. އޭގެ އިތުންވެސް ވަޒީރުންނާއި، އަދި މުވައްސަސާތަކަށް މި ސަރުކާރުން އެއްބާރުލުން ދީފައިވާނެކަމަށެވެ.

“މަޖިލީހުގެ ތާރީހަށް ބެއްލެވީމަ އެނގިވަޑައިގަންނަވާނެ. ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުވި ވަރު، އެއީ ރެކޯޑު އަދަދެއް. މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ސަރުކާރުން ދިން އެއްބާރުލުން ވަރަށް ބޮޑު. ހާޒިރީ ގޮތުންވެސް، އަދި މަސައްކަތުގެ ގޮތުންވެސް މަޖިލީހުގެ މަސައްކަތްތައް ވަރަށް ފުރިހަމަ” ރައީސް ވިދާޅުވި އެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލީސް/ ވެބްސައިޓް — މަޖިލީހުގެ މަސައްކަތްތަކަށް ރައީސް ސޯލިހް ތައުރީފް ކުރެއްވި

ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް އެންމެ ބޮޑަށް ފެންމަތިވީ ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމަށް އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރުކަން ފާހަގަކޮށްލެއެވެ.

އެ ދުވަސްވަރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ގިނަ އިސްވެރިން ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ދާދިފަހުން، ސޯޝަލް މީޑިއާގެ ތެރޭގައި ރައީސް ސޯލިހްގެ އާއިލާގެ ބައެއް ބޭފުޅުންނާއި، ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަށް ނުސީދާކޮށް ފާޑުކިޔާފައިވެއެވެ.

ރައީސް ސޯލިހްގެ އާއިލީ ބޭފުޅުން ކުރެއްވި ޓްވީޓުތަކުގައި ވަނީ “އެއްޗެއް ނުބުނެ ހުރެވޭތޯ ވަރަށް މަސައްކަތްކޮށްފައިވާ ކަމަށެެވެ. އެެހެން ނަމަވެސް ކަންކަން ގޯސްވާތީ އެ ވާހަކަ ދައްކަންެޖެހުނީ ކަމާށެވެ”. ޖުމްހޫރީ ޕާޓީގެ ލީޑަރުވެސް ވަނީ، ސަރުކާރު ގޯސްކަމަށް ދައްކަން މަސައްކަތްކޮށް ރައީސް ސޯލިހްގެ ގައިކޮޅުގައި ވަކި ބޭފުޅަކު ޖައްސަވަމުން ގެންދާވާކަމަށް ވިދާޅުވެފައެވެ.

https://www.facebook.com/SanguTelevision/videos/2436325946651330/?__xts__[0]=68.ARB9kuQPOIq7dWvLSM6mutZTfoF95j4gLaU2vWOc_6wpsnWWs2OXD773qcA15bN8v-zqZI0tDR6-phz7eT00uIaPZfF35q4uqrEjpWk1gU_WmsEkvBpEhkVYyeNpJHIdpSl3e-INdscUKQ43h_XbomQB9lyLwilySAiXmrbQRzCK1VwR_bXCUWJFYiezEMOqFarWkydGYW-Pdvgs0xVmhw76vYw4Uhh1TplUESQiGTtLutERf0obcVJLIS_fD7dia4iAep47EkQbGVnH5jZkZydWx62xkx4RKIWfQgqCva3mRDGwcEEjnWmugr3Q2MYNC1s0J6z-bioOr5YdbO3NQ-t5-R0xuIbJSipEE-Cf&__tn__=-R

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: