ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއްލެވި މައްސަލައިގައި އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ބޭރަށް ދިއުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިއްލަވަން އުޅުއްވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއަށް އޭނާ އިއުތިރާފުވެ ވަޑައިގަތުމުން، 3 މަހާއި 18 ދުވަހަށް ޖަލަށް ލާން މިއަދު ހުކުމް ކޮށްފިއެވެ. 

ޝަރީއަތުގައި އަދީބު ވިދާޅުވީ އޭނާ ފިއްލަވަން މަސައްކަތް ކުރެއްވީ ފުރާނައަށް ނުރައްކާވާ ކަމުގެ އިންޒާރުތައް ލިބެމުންދާތީ ބޭރުގެ ހިޔާމަތް ހޯދަން ކަމަށެވެ. އަދި އެ ކުށަށް އިއުތިރާފްވާ ކަމަށާއި އިއުތިރާފްވި ބަޔާނެއް ފުލުހުންނަށް ދީފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތު ބުނާ ގޮތުން ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ލުއި އަދަބެއް މި ކަނޑައެޅީ އަދީބު ދައުވާ އަށް އިއުތިރާފުވެ ވަޑައިގަތުމުން އަދަބުގެ މިންވަރު އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެތީ އެވެ.

އަދީބު ފިލި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނީ އަދީބުގެ ޕާސްޕޯޓު ހިފައްޓާފައިވާ އިރު ކަނޑުމަގުން ރާއްޖެއިން ބޭރަށް ވަޑައިގަންނަަވަނިކޮށް މިދިޔަ މަހު 3 ގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެކަމަށް ކަނޑައެޅިފައިވާ އަދަބަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ދައުލަތުން ފާހަގަ ކުރި އެވެ. އެއީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: