ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭޝަނަރީޒް އުކާނުލާ ސްކޫލްތަކަށް ހަދިޔާ ކުރުމަކީ އެންމެ ރަނގަޅުގޮތް- މިނިސްޓަރ

ސްޓޭޝަނަރީސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ:އިލެކްޝަންސް ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ސްޓޭޝަނަރީސް އުކާނުލާ ސުކޫލުތަކަށް ހަދިޔާކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރ  ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ވޭތުވެދިޔަ އިންތިހާބުތަކުގައި ބޭނުންކޮށްފައިހުރި ސްޓޭޝަނަރީސް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

 

ސްޓޭޝަނަރީސް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ:އިލެކްޝަންސް ކޮމިޝަން

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ނައްތާލުމުގެ ބަދަލުގައި ދެވަނަ ފަހަރަށް އެ ބޭނުންކުރެވޭ ފަދަ ބަޔަކަށް ދިނުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި ސުކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުންނަކީ އަބަދުވެސް ސްޓޭޝަނަރީސްއަށް ބޭނުންޖެހޭ ބައެއް ކަމަށެވެ.

އުކާލުމުގެ ބަދަލުގައި އެ ތަކެތި ބޭނުންކުރެވޭނެ ބަޔަކަށް ދިނުމަކީ، ސުކޫލުތަކުގައި ކުދިންނަށް ދަސްކޮށްދެވޭ އިސްރާފު ކުރުން މަދުކުރުމުގެ ސިފައިގެ ރީތި މިސާލެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ އެތަކެތީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ކަން ފާހަގަކުރައްވަމުން، އިލެކްޝަންސް ކޮމިޝަނުން ސުކޫލުތަކަށް ވެއްދެއްވާ އެހީއަށް ޝުކުރު އަދާކޮށްފައެވެ.

ސްޓޭޝަނަރީސް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ:އިލެކްޝަންސް ކޮމިޝަން

އެ ރަސައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބުތަކުގައި ބޭނުންކޮށްފައި ހުރި ސްޓޭޝަނަރީސް ސުކޫލުތަކަށް ހަދިޔާ ކުރުން އެ އެއްޗެހި އުކާލުމަށްވުރެ މާ ރަނގަޅު ކަމަށެވެ.

އަދި އެމަނިކުފާނުވެސް ކުރިން ތައުލީމީ ދާއިރާގައި އުޅުއްވާފައި ހުރުމުން، ސުކޫލުތަކަށް ސްޓޭޝަނަރީސް ފަދަ އެއްޗެހީގެ މުހިންމު ކަން އެނގިލައްވާ ކަމަށެވެ.

އެ ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރައްވަނީ އަަބަދުވެސް ސަރުކާރުގެ ހަރަދުތައް ކުޑަކޮށްދެއްވުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސއްމިއްޔާތެއްގައި އެ ސްޓޭޝަނަރީޒް އިލެކްޝަންސް ކޮމިޝަނުންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރެއްވި އެ ކޮމިޝަންގެ ރައީސެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: