ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިއްލެވި މައްސަލައިގައި އަދީބަށް ހުކުމްކުރުން މިއަދު

ފިލި މައްސަލައިގައި އަދީބަށް ހުކުމްކުރުން މިއަދު ކްރިމިނަލް ކޯޓުގައި. ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ފިއްލެވި މައްސަލައިގެ ޙުކުމްކުރުމުގެ ޝަރީޢަތް މިއަދަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލް ކޮށްފައިވަނީ، މިއަދު މެންދުރު 2:00 ގައެވެ.

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ވާގޯ 9 ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިއްލެވި މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންގާރަދުވަހު ބާއްވާފައިވާއިރު އަދީބު ވަނީ އެއްވެސް މީހެއްގެ މަޖުބޫރުކުރުމެތްނެތި އެބޭފުޅާގެ މައްޗަށް އުފުލާފައިވަ ދައުވާއަށް އިއުތިރާފުވެފައެވެ.

އަދި ފިލައިގެން ދެވުނީތީ އެހެންމެހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދޭކަމަށް އަދީބު ވަނީ ޝަރީޢަރުގެ މަޖީލީހުގައި ވިދާޅުވެފައެވެ. އަދީބު ވަނީ ހުކުމް ކުރައްވާއިރު އެމަނިކުފާނުގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އަމިއްލަފުޅަށް އިއުތިރާފުވުމާއެކު ޝަރީޢަތުން ވިދާޅުވީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން،އަދީބުއަށްވެސް ގިނަ ހައްޤުތަކެއް ލިބިގެންވާ ކަމަށާއި، ނަމަވެސް، އަމިއްލަ އިޢުތިރާފާއި އެކު، އެ މާއްދާގެ 3 ވަނަ ނަމްބަރުން ފެށިގެން 9 ވަނަ ނަމްބަރާއި ދޭތެރޭ ބަޔާންކޮށްފައިވާ ހުރިހާ ހައްޤުތައް އުނިވެގެން ދާނެ ކަމަށެވެ.

އަދި އަދީބާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކުށަކީ، ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެހެންކަމުން، އެންމެ މަދުވެގެން 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ.

ޓަގު ބޯޓާއެކު އަދީބު އެނބުރި މާލެ ގެނައީ އޭގެ ތިން ދުވަސް ފަހުންނެވެ. ފިއްލަވަން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބަންދުގެ ޝަރީއަތުގައި އަދީބު ވަނީ އެމަނިކުފާނު ފިއްލަވަން މެދުވެރިވީ އެމްއެމްޕީއާރުސީގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާއި ހެދިކަން ފާހަަގަކުރައްވާފައެވެ.

މީގެ އިތުރުން ދައުލަތާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އެއްބާރުލުން ދޭއިރު މައްސަލައިގައި މިހާރުވެސް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ނުފޫޒުގަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނޭކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ހިފެހެއްޓުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އެނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ދިވެހި ފުލުހުންނާއި ހަވާލުކޮށް، ރާއްޖެ ގެނެސްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: