ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރޯޑް ރޭސް މިއަހަރު ދެ ދަންފަޅިއަކަށް ބަހާލައިގެން

ދިރާގު ރޯޑް ރޭހާ ގުޅޭގޮތުން ޕްރޮފެޝަނަލް ދުވުންތެރިން ޝުއޫރުތައް ހިއްސާކުރަނީ --- ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ ކެޓެގެރީއަކުން ދެ ވަގުތަކަށް ބަހާލައިގެން ދިރާގުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ “ދިރާގު ރޯޑް ރޭސް” ހުކުރު ދުވަހު ބާއްވަން ހަޖައްސައިފިއެވެ.

ދިރާގު ރޯޑް ރޭހާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ބުނީ، މިއަހަރުގެ ދިރާގު ރޯޑް ރޭސް ކުރިއަށް ގެންދަނީ އެެހެން އަހަރުތަކާއި ތަފާތުކޮށް ކަމަށެވެ.

ދިރާގު ރޯޑް ރޭސް ކުރިއަށްދާނީ 10 ކިލޯމީޓަރުގެ ބަޔާއި ފަސް ކިލޯމީޓަރުގެ ބައިންނެވެ.

އެގޮތުން ދިރާގުން ބުނިގޮތުގައި 10 ކިލޯމީޓަރުގެ ދުވުން ކުރިއަށްދާނީ ހެނދުނުގައެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން ކުރިއަށްދާނީ ހަވީރެވެ.

މިއަހަރުގެ ދިރާގު ރޯޑް ރޭހުގައި 4000 އަށް ވުރެ ގިނަ މީހުން ބައިވެރިވުމަށް ނަން ނޯޓް ކުރައްވާފައިވާ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު ރޯޑް ރޭސްގެ 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގަ ކަމަށާއި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގަ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

ބުދަ ދުވަހު ދިރާގުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ އެ ރޭހުގައި ބައިވެރިވާ ގައުމީ ފެންވަރުގެ ރެކޯޑްތައް ހޯދާފައިވާ އަދި ދިރާގު ރޯޑް ރޭހުގައި މިދިޔަ އަހަރުތަކުގައި ބައިވެރިވެ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހާސިލްކޮށްފައިވާ ފަސް ދުވުންތެރިން ބައިވެރިވެފައެވެ.

އެ ގޮތުން އެ ބައިވެރިން ވަނީ މިފަހަރުގެ ރޯޑް ރޭސް ދެ ގަޑިއަަކަށް ބަހާލައިގެން ކުރިއަށް ގެންދާތީ އެކަން ފާހަގަކޮށް ދިރާގަށް ޝުކުރު އަދާކޮށްފައެވެ.

އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެ ގޮތަށް ދެ ގަޑިއަކަަށް ބަހާލައިގެން ކުރިއަށް ގެންދިއުމަން، އެއް ރޭހާއި އަނެއް ރޭހާއި ދެމެދުގައި އައިސްޕެކްސް ނަގައި ވަރުބަލި ފިލުވައި އަދި ދެން އޮންނަ ރޭހުގައި ދުވުމަށް 2 ހަށިގަނޑު ތައްޔާރުކުރުމަށް ވަގުތު ލިބިގެންދާ ކަމަށެވެ.

އަދި ހެނދުނާއި ހަވީރަށް ބަހާލައިގެން ބޭއްވުމުން، އިރުގެ އަވީގެ އުނދަގޫ އެހާ ބޮޑަށް ނުޖެހި މީހާ ބޮޑަށް ވަރުބަލި ނުވެ ރޭސް ނިންމާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ދުވުންތެރިން ބުންޏެވެ.

މީގެއިތުރުން، އެ ދުވުންތެރިން ފާހަގަކުރެއްވީ، ހެނދުނު އެއް ރޭސް އަދި ރޭހުގެ އަނެއްބައި ހަވީރަށް ހެދުމުން، ހެނދުނު ގަޑީ ރޭސް ޖަހާލުމަށް ފަހު ހަވީރު ގަޑީ އާއިލާއާއިއެކު ދުވެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އެ ދުވުމުގައި ބައިވެރިވާ އެމްއެންޑީއެފަށް ނިސްބަތްވާ ތަޖްރިބާކާރު ބައެއް ދުވުންތެރިންވަނީ ރޭހަކަށް ދިޔުމުގެ ކުރިން ދުވުންތެރިން ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި ހަމަ ތިބެފައި މުބާރާތަށް އަރައި ދުވަން ނުފެށުމަށް އިލްތިމާސް ކުރައްވައިފައެވެ.

ގައުމީ ރެކޯޑް މުގުރާފައިވާ ދުވުންތެރިޔާ ޝިފާޒް މުހައްމަދު ބުނީ ދުވުމުގެ އެހެން މުބާރާތްތަކެކޭ އެއްފަދައިން ރޯޑް ރޭހުގައި ބައިވެރިވުމުގެ ކުރިން ޓްރެއިނިން ހެދުން މުހިއްމު ކަމަށެވެ.

އެއްވެސް ކަހަލަ ތައްޔާރީއެއް ނުވެ ދުވަން ފެށުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

“ދިރާގު މޯލްޑިވްސް ރޯޑް 2019” އަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓެވެ.

އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭހުގެ އިންތިޒާމުތައް އަހަރުން އަހަރަށް ކުރިއަރަމުން އަންނަކަން ދުވުންތެރިން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: