ކުއްލި ޚަބަރު

ކެޕޭސިޓީ ބޮޑުކޮށްގެން ނޫނީ މިފްކޯއަށް ކުރިއެރުމެއް ނެތް!

އެތައް އަހަރުތަކެއް ވީއިރުވެސް، ފެލިވަރުއަށް މާ ބޮޑު އަޕްގްރޭޓެއް ގެނެވިފައި ނުވޭ --- ފޮޓޯ: އަވަސް އޮންލައިން . / އަހުމަދު އަޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ގެއްލުމުގައި ހިންގަމުން އަންނަނިކޮށް އެސްޓީއޯގެ ސަބްސިޑަރީގެ ދަށަށް ބަދަލުކޮށް ކުރިއަރުވަން މަސައްކަތް ކުރާ މިފްކޯގެ ޅ.ފެލިވަރު ކޭނަރީގެ ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ ކުރިއެރުމެއް ނުލިބޭނެކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފްކޯގެ މަސް ފެކްޓްރީތައް ހިންގައެވެ. އެގޮތުން، ފެލިވަރުގައި ހުންނަ ކާރުހާނާގެ ޕްރޮސެސިންގެ މައުލޫމާތުތައް ދިނުމަށް ނޫސްވެރިން ވަނީ އެ ރަށަށް ގޮސްފައެވެ. މަސް ގަތުމާއި ހަމައިން ފެށިގެން، ދަޅުގައި ބަންދު ކުރުމާއި ހަމައަށް މިފްކޯއިން ކުރާ މަސައްކަތްތައް ނޫސްވެރިންނަށް ވަނީ ތަފްސީލުކޮށްދީފައެވެ.

1986 ވަނަ އަހަރު ހަދާފައިވާ އެ ކޭނަރީއަށް ބަދަލުތަކެއް ބޭނުންވާކަން އެތަނަށް ދިޔަ ކޮންމެ ނޫސްވެރިޔަކުވެސް ގަބޫލު ކުރާނެއެވެ. ތަން އުފެދި މިއަދާއި ހަމައަށް އެތައް އަހަރެއް ވެގެން އައިއިރުވެސް ޕްރޮސެސްކުރަނީ 50 ޓަނުގެ މަހެވެ. އަދި އޭގެ 30 އަހަރު ފަހުންވެސް ހަމަ އެ އަދަދުގައެވެ.

މިފްކޯއަކީ ފައިދާ ވާ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން އަމްރު ވަނީ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

އެގޮތުން، ތަން ތަރައްގީ ކުރުމުގެ ފަންޑު ލިބި ކުރެހުންތައް ވެސް ނިމިފައިވާއިރު މިވަގުތު އިންތިޒާރު ކުރަމުން އަންނަނީ ފިނޭންސް މިނިސްޓްރީގެ ބަހަކަށް ކަން އަމްރު ފާހަގަކުރެއްވިއެވެ.

ފޮޓޯ: ފެލިވަރުގެ މަސް ފިނި ކުރާ ސްޓޯރޭޖް

މަސްވެރިން ބާނާ މަސް ގަވައިދުން، ދުވަހުން ދުވަހަށް ބަންދު ނުކުރެވުމަކީ ދޭތެރެ ދޭތެރެއިން މީޑިއާތަކުގައިވެސް ފެންމަތިވާ ވާހަކަތަކެކެވެ.

އެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން އަމްރު ވިދާޅުވީ މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ބަންދު ނުކުރެވުމަކީ ކުންފުނި ގެއްލުންތަކާއި ކުރިމަތިލާ އެއް ސަބަބުކަން އޭނާވެސް ގަބޫލު ކުރައްވާކަމަށެވެ.

ނަމަވެސް، މަސް ދުވަހުން ދުވަހަށް ބާނާ މަސް ބަންދުކޮށް ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީއެއް ފެލިވަރުގެ މިވަގުތު ނެތްކަމަށް އަމްރު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ ފަހަރަށް 400 ޑޮލަރު އަގުދަށްކޮށް ޓަނެއްގެ ރޭޓުން ތައިލޭންޑަށްވެސް ވިއްކަންޖެހެއެވެ.

މި ދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅު ވެފައިވާއިރު މިފްކޯއިން ވީވަރަކުން މަސްގަނެ އައިސް ފޯރުކޮށްދެއެވެ. މި ދުވަސްވަރު މަސްވެރިން ދުވާލެއްގެ މައްޗަށް 100 ޓަނު މަސް ނުވަތަ އެންމެ މަދުވެގެންވެސް 50 ޓަނުގެ މަސް ގެނެއެވެ.

އެހެން ނަމަވެސް، ފެލިވަރުގައި ދުވާލެއްގެ މައްޗަށް ބަންދު ކުރުމުގެ ކެޕޭސިޓީ ހުރީ 65 ޓަނުގެ މަހަށެވެ.

އޭގެ އިތުރުން އައިސްކޮށް މަސް ރައްކާ ކުރެވޭ ކެޕޭސިޓީ އުޅެނީ ގާތްގަނޑަކަށް 750 ޓަނުގައެވެ.

މިވަގުތު އައިސް އުފައްދާ ތަނަކީ، މީގެ ކުރިން މިފްކޯގެ މަސް ފިނި ކުރާތަނެވެ. އެހެން ނަމަވެސް، ޒަމާންތަކެއްވެ، އެއްވެސް އަޕްގްރޭޓެއް ގެނެސްފައި ނުވާތީ އެތަން އެހެން މަސައްކަތަކަށް ބޭނުން ކުރަންޖެހެނީއެވެ.

މިފްކޯއިން ބުނާގޮތުން އިތުރު މަސް ފެކްޓްރީތަކެއް ބޭނުންވޭ --- ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު
މީގެ ކުރިން، މަސް ފިނި ކުރުމަށް ބޭނުން ކުރި ސްޓޯރޭޖް ބޭނުން ނުކުރެވި، އެންމެ ފަހުން އައިސް އުފައްދާ ތަނަށް--- ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު

ތަނުގެ ކެޕޭސިޓީ ދަށްނަމަވެސް، ވީ ވަރަކުން އެއްވެސް ކޮންޓްރޯލެއް ނެތި މިފްކޯއިން ދަނީ މަސް ގަންނަމުންނެވެ. ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ މިފްކޯއިން ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރުކޮށްގެންނެވެ.

ރާއްޖޭގެ އުތުރަށް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މިފްކޯއަށް ވަނީ މަސް ކިރުމުގެ ޑިމާންޑު ބޮޑުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާތީ، މަސް ބޭރުނުކުރެވުމާއި ގުޅިގެން ހޮރައިޒަން، މާންދޫއަށް މަސް ގަންނަ މިންވަރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ބުނީ މަސް ރައްކާ ކުރަން ހަދާފައިވާ ހުރިހާ ސްޓޯރުތައް ފުރިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: