ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މައްސަލަ މިފަހަރު ހައްލު ކުރާނަން : މިނިސްޓަރ ފައްޔާޒު

މިނިސްޓަރ ފައްޔާޒު އިސްމާއިލް.. ފޮޓޯ:ދި އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާއި ހިލާފަށް ބިދޭސީން އުޅޭ މައްސަަލަ މިފަހަރު ހައްލު ކުރާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ގަވައިދާއި ހިލާފަށް ބިދޭސީން އުޅެމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާތާ މިހާރު 30 އަހަރު ވެއްޖެ ކަމަށާއި ވަރަށް އަވަހަށް އެ މައްސަލައަށް ހައްލެއް ހޯދައްވާނެ ކަމަށެެވެ.

މިނިސްޓަރ ފައްޔާޒު އެފަދައިން ވިދާޅުވެ ޓުިވީޓް ކުރައްވާފައިވާއިރު، އަންގާރަ ދުވަހު ރައީސް އިބްރަހިމް މުހައްމަދު ޞާލިހް ވަނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކުރުމަށާއި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ޙައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ނިންމަވާފައެވެ.

ރައީސް ޞާާލިހް ތަންފީޒު ކުރައްވަން ފެއްޓެވި އެ ސިޔާސަތުގައި  ޤާނޫނާ ޚިލާފަށް ޤާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި، އިޤްތިޞާދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

ރާއްޖޭގައި ރެކޯޑް އަދަދަކަށް ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާއިރު އެ މީހުން ގެންދަނީ ރާއްޖޭގައި ވިޔަފާރި ކުރުމާ، ގަވައިދާ ހިލާފަށް މީހުން ރެކްރޫޓް ވެސް ކުރަމުންނެވެ.

މީގެއިތުރުން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބިދޭސީން ރެކްރޫޓު ކުރުމާއި، ފައިސާ ގަނެ ވިއްކައިގެން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އައި ދެ ބިދޭސީއެއްގެ މައްސަލަ ތަހުގީގުނުކޮށް އެމީހުންގެ އަމިއްލަ ގައުމަށް ފުރުވާލާ ޑީޕޯޓު ކޮށްފައެވެ.އަދި އެ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓްކުރި މައްސަލަ މިހާރުވަނީ ރައްޔިތުންގެމަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ހުށަހަޅާފައެވެ. 

އިމިގްރޭޝަންއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން އެ ދެ ބިދޭސީން ހޯދާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އެ މީހުން ފުރުވާލާ ޑީޕޯޓުކުރިއިރު އެއީ ބިދޭސީން ރެކްރޫޓުކޮށް، ގަވައިދާ ހިލާފަށް ވިޔަފާރި ކުރުމުގެ އިތުރުން މަނީ ލޯންޑާ ކުރާ ދެ މީހުންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

އެކަމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ދައްކާ ބިރަކަށް އަދި ނުފޫޒެއްގެ ދަށުނުވެ ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރަން އެތެރެވެފައިވާ އެއްލަކަ ސާޅީސް ހަތަރު ޙާސް ހަސަތޭކަ ހަތް މީހުންގެ ތެރެއިން ފަސްދޮޅަސް ތިން ޙާސް މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.

އެފަދަ ބައެއް މީހުން ހޯދާ ޑީޕޯޓް ކުރަމުންދާއިރު މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު މަސައްކަތެއް ހިނގާފައެއް ނުވެއެވެ.

ނަމަވެސް ރައީސ ޞާލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: