ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެއިން ސޮއިކޮށްފި

ނިއުޔޯކް ކޮންވެންޝަންގައި ރާއްޖެއިން މިއަދު ވަނީ ސޮއިކޮށްފަ. ފޮޓޯ:ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ. ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގައި ބައިވެރިވުމުގެ ގޮތުން މުއާހަދާގައި ސޮއިކުރެއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތުއެވެ.

މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަޢަތު އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު  ފޮޓޯ ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގައި ވަނީ، ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ ނިޒާމްތަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަޙައްމިއްޔަތު ދަައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ޙާސިލް ކުރެވުނު އިތުރު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވިއެވެ.

މި މުއާހަދާގެ ސަބަބުން ރާއްޖޭގައި އިންވެސްޓަރުންގެ އިތުބާރު ލިބި، ވިޔަފާރިކުރުމަށް ފަސޭހަ މާހައުލެއް ޤާއިމްކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

https://twitter.com/ibriffath/status/1173986262837026816

މި ކޮންވެންޝަނުގެ ސަބަބުން ބައިނަލްއަޤުވާމީ އާބިޓެރަރީ ކޯޓު ތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކަށް ވެސް ލާޒިމު ވާނެއެވެ.

ނިއުޔޯކް ކޮންވެންޝަންއަކީ 1965 ވަނަ އަހަރުން ފެށިގެން އާބިޓްރޭޝަން މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކޮންވެންޝަނެކެވެ.

ރާއްޖެއަކީ މި ކޮންވެންޝަންގައި ސޮއިކުރި، 161 ވަނަ ގައުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: