ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސީއައިޓީގެ ތެރެއިން އަޝްމަލީ ހިންގި ބޮޑު ކޮރޮޕްޝަން!

މުހައްމަދު އަޝްމަލީ:
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ން ހިންގި، ނެޝަނަލް ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫޕީއެސް ސިސްޓަމް ހޯދުމުގައި އޭރު އެންސީއައިޓީ ހިންގުމާއި ހަވާލުވެ ވަޑައިގެން ހުންނެވި މުހައްމަދު އަޝްމަލީ  4.4 މިލިއަން ރުފިޔާގެ ބޮޑު ކޮރޮޕްޝަންއެއް ހިންގާފައިވާކަން ފަޅާއަރައިފިއެވެ. 

އަޝްމަލީއަށް ތުހުމަތު ކުރެވޭ މި ކޮރޮޕްޝަން ފަޅާއެރީ އެންސީއައިޓީން 2017 ގައި ސޮފްޓްވެއާ ލައިސަންސާއި އެކްޓިވް ޑައިރެކްޓްރީ އާއި ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާ ގަތުމަށް ހިންގި މަޝްރޫއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ހާއްސަ އޮޑިޓަކުންނެވެ.

ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ 4.4 މިލިއަން ރުފިޔާގެ މަޝްރޫއު ބީލަމަށް ލުމުގެ ކުރިން ވެސް ވަކި ކުންފުންޏަކާ ހަވާލުކުރުމުގެ ނިޔަތުގައި ކުރިއަށް ގެންގޮސްފައިވާ ކަންކަމެވެ. އެ ރިޕޯޓުގައިވާ ގޮތުން މަޝްރޫއު ބީލަމަށް ލުމުގެ ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏާ އެކު އެންސީއައިޓީން މަޝްވަރާކުރި އެވެ. އެނގިފައިވާ ގޮތުގައި، އެ މަޝްރޫއު ހަވާލުކުރީ މެކްސް ކޮމްއާ އެވެ.

އެންސީއައިޓީގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެންސީއައިޓީން ކުރިއަށް ގެންދިޔަ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމްކުރުމަށް ބޭނުންވާ ހާޑުވެއާ ގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދާފައިވަނީ ޓެންޑާ ބޯޑުން އިއުލާނު ކޮށްގެން ކަމަށާއި ނަމަވެސް އެ އިއުލާނަށް ބީލަން ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ އެންމެ ފަރާތަކުން ބިޑު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި މުޅިން ހިލާފަށް އިތުރު ބިޑަކަށް ހުޅުވާވެސް ނުލައި އެ މަސައްކަތް ކުރުމަށް ހަމައެކަނި ބިޑު ކުރި ފަރާތަށް 4.4 މިލިއަން ރުފިޔާގެ މަޝްރޫއު އެންސީއައިޓީން ހަވާލުކުރި ކަމަށެވެ.

އިތުރަށް ރިޕޯޓުގައި ބުނެފައިވަނީ އެކްޓިވް ޑައިރެކްޓަރީ އަދި އެކްސްޗޭންޖު ސާވާ ޑިޒައިންކޮށް ގާއިމް ކުރުމަށް ބޭނުންވާ ހާޑުވެއާ ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ހަވާލުވި ކުންފުނިން ހާޑުވެއާ ސަޕްލައި ކޮށްދެންޖެހޭ މުއްދަތުގެ ތެރޭގައި އެތަކެތި ސަޕްލައި ކޮށްދިން ނަމަވެސް، އެންސީއައިޓީގެ އިންޓާނަލް އީމެއިލްތަކުން އެނގޭ ގޮތުގައި އެތަކެތި އިންސްޓޯލްކޮށް އެއާގުޅޭ ތަމްރީނު ދީފައިވަނީ މަސައްކަތުގެ މުއްދަތުގެ 85 ދުވަސް ފަހުން ކަމަށެވެ.

ހަމައެހެންމެ  މަސައްކަތް ލަސްވި ލަސްވުމަށް 658،101 ރުފިޔާ، އެތަކެތި ސަޕްލައި ކޮށްދިން ކުންފުންޏަށް މަސައްކަތުގެ ހަމަ އަގު ދިނުމުގެ ކުރިން އުނި ކުރަން ޖެހުނު ނަމަވެސް އެ ކުންފުންޏަށް ފައިސާ ދީފައިވަނީ އެއްވެސް އުނި ކުރުމެއް ނެތި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުން ދެން ފާހަގަވި އަނެއް ކަމަކީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ ތެރެއިން ތިން މިލިއަން ރުފިޔާ ދީފައިވާއިރު މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް މަސައްކަތް ނުނިމެނީސް ބާކީ ހުރި ފައިސާވެސް ދީފާ ކަމެވެ. މަސައްކަތް ހަވާލުކުރި ކުންފުންޏާއި އެކު ވެވުނު އެއްބަސްވުމުގައި 8 ހަފްތާގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމާފައިވަނީ 33 ހަފްތާގައި ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ވައްކަން ހިނގައިގެން ދިޔައިރު އެތަނުގެ އިސްވެރިއަކަށް ހުންނެވީ މުހައްމަދު އަޝްމަލީއެވެ. އޭނާއަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށްވެސް ހުންނެވި ބޭފުޅެކެވެ. އަދި ދިރާގުގެ ޗެއާމަނަކަށްވެސް ކުރީ ސަރުކާރުގައި ހުންނެވީ އަޝްމަލީއެވެ. އޭނާ މީގެކުރިން ވިދާޅުވެފައިވަނީ އޭނާ ކުރި މަސައްކަތެއް ކޮށްފައިވާނީ އިހުލާސްތެރިކަމާއި އެކުގައި ކަމަށެވެ. އެންސީއައިޓީގެ ބޮޑު ކޮރޮޕްޝަނެއް ފަޅާއަރާފައިވާއިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދިﷲ ޔާމީންގެ ކެމްޕެއިން މެނޭޖަރެެއްގެ ގޮތުގައި ކަނޑައަޅުއްވި ބޭފުލަކީ ވެސް އަޝްމަލީކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: