ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާރނީ ޓު ދަ ސަނީ ސައިޑް ރޯޑް ޝޯ ޖަރުމަނު އަދި އޮސްޓްރޭލިއާގައި ފަށައިފި

ޖާރނީ ޓު ދަ ސަނީ ސައިޑް ރޯޑްޝޯ ޖަރުމަނު އަދި އޮސްޓްރޭލިއާގައި ފަށައިފި. ފޮޓޯ:އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖާރނީ ޓު ދަ ސަނީ ސައިޑް ސިލްސިލާގެ ރޯޑް ޝޯ ޖަރުމަނާއި އޮސްޓްރިއާގައި ފަށައިފިއެވެ.

މިއީ އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިފަދަ ހަވަނަ ރޯޑް ޝޯއެވެ.

މި ރޯޑްޝޯ ކުރިއަށްދާނީ ޖަރުމަނުގެ ކޮލޯން ފްރެންކްފާޓް އަދި މިއުނިކްގައި މި ސެޕްޓެންބަރު މަހުގެ 16 އިން 18 އަށް، އަދި އޮސްޓްރިއާގެ ވިއެނާގައި ސެޕްޓެންބަރު 19 ގައިއެވެ.

މި ޝޯގެ މަޤުސަދަކީ ޖަރުމަނު ބަހުން ވާހަދައްކާ އެމާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާދާއިރާއެއްގައި ތަމްސީލު ކުރުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

މީގެ އިތުރުން މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޖަރުމަނާއި އޮސްޓްރީއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެއަށް މިހާރަށްވުރެން އިތުރަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރުމަށް އެފަރާތްތަކާއި މަޝްވަރާކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީއިން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީއާއެކު ރާއްޖޭގައި ފަތުރުވެރި ކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ވަނީ މި ރޯޑްޝޯގައި ބައިވެރިވެފައެވެ.

މި އިވެންޓުގައި ޖަރުމަނާއި އޮސްޓްރިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަން ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. ޗުއްޓީ ދަތުރުތަށް ސްޕޮންސާކޮށްފައިވަނީ ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުންނެވެ.

2019 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 7.2 އިންސައްތައިގެ ހިއްސާއާއެކު ޖަރުމަނުވިލާތް އޮތީ ފަސްވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ.

2018 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖަރުމަނުވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހާ ހިސާބަށް 10.4 އިންސަތަ އިތުރުވެފައިވާކަމަށް އެމްއެމްޕީއާރުސީގެ ތަފާސްހިސާބުުތަކުން ދައްކައެވެ.

އޮސްޓްރީއާއިންވެސް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރު ޖުލައި މަހުގެ ނިޔަލަށް އެ ޤައުމުން ވަނީ 13،415 ފަތުރުވެރިން ރާއްޖެއައިސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: