ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯބައިލް ފިހާރައެއް ފަޅާލި މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ މޯބައިލްތައް.. ފޮޓޯ:ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ އަވަށެއް ކަމަށްވާ ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަން ކޮށްގެން އެ ކަމުގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައިވަނީ ހޯމަ ދުވަހުގެ ފަތިހު 4:40 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އެ ސަރަހައްދަށް ދިޔައިރު، އެ ފިހާރަ ތެރެއިން ދަބަހެއް ހިފައިގެން ނިކުތް މީހަކަށް ފުލުހުން ފެނުމާއިއެކު ދަބަަސް އެއްލާލުމަށްފަހު ދުވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ނަަމަވެސް އެމީހާ ފަހަތަުން ގޮސް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އެމީހާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރިއިރު އޭނާ އެއްލާލި ދަބަަހުން ގިނަ އަދަދެެއްގެ މޯބައިލް ފޯނާއި ޓެބްލެޓާއި އަދި މޯބައިލް ފޯނާއި ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: