ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ފިއްލެވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު!

އަދީބު ފިއްލެވި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު! ފޮޓޯ:އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް ގޮސް ފިލަން އުޅުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދަށް ތާވަލުކޮށްފިއެވެ.

އަދީބު ފިލި މައްސަލައިގެ ޝަރީއަތް މިއަދު 11:30ގައި ތާވަލުކުރީ ކްރިމިނަލް ކޯޓުގައެވެ.

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު ވާގޯ 9 ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިލަން މައްސައްކަތް ކުރަނިކޮށް އިންޑިއާގެ ޓުޓިކޮރިން އިން އަތުލައިގަތީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ޓަގު ބޯޓާއެކު އަދީބު އެނބުރި މާލެ ގެނައީ އޭގެ ތިން ދުވަސް ފަހުންނެވެ.

ފިލަން މަސައްކަތް ކުރުމާއި ގުޅޭގޮތުން ބަންދުގެ ޝަރީއަތުގައި އަދީބު ވަނީ އޭނާ ފިލަން މެދުވެރިވީ އެމްއެމްޕީއާރުސީގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާއި ހެދިކަން ފާހަަގަ ކުރައްވާފައެވެ.

މީގެ އިތުރުން ދައުލަތާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އެއްބާރުލުން ދޭއިރު މައްސަލައިގައި މިހާރުވެސް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ނުފޫޒުގަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނޭކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ހިފެހެއްޓުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އެނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ދިވެހި ފުލުހުންނާއި ހަވާލުކޮށް، ރާއްޖެ ގެނެސްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގައެވެ.

އެ މައްސަލައިގައި އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

އޭގެ ފަހުން އޮގްސްޓް މަހުގެ 8 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަކިގޮތެއް އަންގަންދެން އަދީބު ފިލި މައްސަލައިގައި އޭނާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރެއް ނެރުނެވެ.

އަދީބު ފިއްލަވަން އުޅުއްވި ކަމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ 27 އޮގަސްޓްގައެވެ.

މީގެ އިތުރުން  ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސްދިނުމަށް 22 އޮގަސްޓް ވަނަ ދުވަހު އަދީވު ކްރިމިނަލް ކޯޓަށްވެސް ވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: