ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ޤައުމަކަށް ހަދަންޖެހޭ: ނައިބު ރައީސް

ނާއިބު ރައީސް ފައިސަލް ނަސީމް--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކީވެސް ޤައުމަށްޓަކައި އަދި އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖޭއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ފަންނު އެކްސްޕޯ އިފްތިތާހު ކުރުމަށް އާޓް ގެލެރީގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވީ، ސްކޫލު ނިޒާމުގެ ތެރެއިން ހުނަރުތަކާއި ފަންނުވެރިކަން ދަސްކޮށްދީ، އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ހަދަން އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

“އެކަށީގެންވާ ސަމާލުކަމެއް ޒުވާނުންނަށް ނުދިނުމުގެ ސަބަބުން މި މަސައްކަތްތައް ވަނީ ހީނަރުވެފައި. ސްކޫލު ނިޒާމުގެ ތެރެއިން ވެސް ހުނަރުތަކާއި ފަންނުވެރިކަން ދިވެހި ދަރިވަރުންނަށް ދަސްކޮށްދީ ރާއްޖެ އަކީ އުފެއްދުންތެރިކަމުގެ ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެންމެން މަސައްކަތް ކޮށްގެން ހޯދަންޖެހޭ،” ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި މަސައްކަތްތައް ބީވެގެންދާ ސަބަބުތައް ހޯދަންޖެހޭ ކަމަށާއި އެ ކަންކަމަށް އަވަސް ހައްލުތައް ބޭނުންވާ ކަމަށެވެ.

ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަކީ މުޅި ދިވެހި ޤައުމުގެ ޤައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ނައިބު ރައީސް އިތުރަށް ވިދާޅުވީ، މިފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި، ހުރިހާ އެންމެންވެސް، ޚާއްސަކޮށް ދިވެހި ޒުވާނުން މިފަދަ ފަހި ފުރުސަތު ތަކުގެ ބޭނުން ހިފައި، ދިރިއުޅުން އާރާސްތުކޮށް، ޤައުމުގެ ތަރައްޤީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަކީ، ދިވެހިންކަން އެންމެ ފުރިހަމައަށް ފެންނަ މަސައްކަތްތައް ކަމުގައި ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރިސޯޓުތަކުގައި ވެސް ދިވެހި އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ ގޮތްތައް ހައްދަވާނެ ކަމަށެވެ.

ފަންނު އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެ އާއި ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.

އެ މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވޭ މައުރަޒެކެވެ.

އެ މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލްވެސް ބައިވެރިވަޑައިގަންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: