ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނދިރި ދައުލަތަކީ ރައީސް ނަޝީދު އަދި އެމަނިކުފާނުގެ ބައިވެރިން ނޫން ބާ: ހަސަނާ

މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު : ފޮޓޯ ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނދިރި ދައުލަތަކީ މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ބައިވެރިންނަށް ވެދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު (ހަސަނާ) ސުވާލު އުފައްދަވައިފިއެވެ.

މެމްބަރު ހަސަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނދިރި ދައުލަތަކީ ރައީސް ނަޝީދު ނުވަތަ އެމަނިކުފާނުގެ ބައިވެރިންކަމަށް ނުވާނަމަ ރައީސް ނަޝީދު އާއި އެމްޑީޕީއަށް ތަބާނުވާ އެންމެންނަކީ އެބުނާ ދައުލަތް ކަމުގައި އެޕާޓީއިން ދެކޭ ކަމަށެވެ.

ހަސަނާ ވިދާޅުވީ އެމްޑީޕީގެ ފިކުރާއި ދިމާނުވާ ކޮންމެ ޕާޓީއެއް ނޫނީ ޖަމްއިއްޔާ ޖަމާއަތެއް ނުވަތަ ފަރުދުންތަކެއް ވިޔަސް އަނދިރި ދައުލަތުގެ ގޮތުގައި ސިފަ ކުރެވިދާނެ ތޯއެވެ. 

މެމްބަރު ހަސަނާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިލަންދޫ ދާއިރާ ތަމްސީލު ކުރެއްވި ބޭފުޅެކެވެ. 

 

https://twitter.com/Hasa_Naa/status/1173727406583996418?s=19

“އަނދިރި ދައުލަތަކީ ކޮބައިތޯ؟ އެއީ ރައީސް ނަޝީދު އާއި އެބޭފުޅާގެ ބައިވެރިންނެއް ނޫންބާ؟ އެބޭފުޅުންގެ ފިކުރާ ނުވާ ކޮންމެ ޕާޓީއެއް ނޫނީ ޖަމްއިއްޔާ ޖަމާއަތެއް ނުވަތަ ފަރުދުންތަކެއް ވިޔަސް އަނދިރި ދައުލަތުގެ ގޮތުގައި ސިފަ ކުރެވިދާނެ ބާ؟” މެމްބަރު ހަސަނާ ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އޮތްކަން ރައީސް ނަޝީދު ވިދާޅުވީ ގެއްލިފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މިމަހުގެ 1 ވަނަ ދުވަހު އާންމުކުރި މައުލޫމާތުތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު ހުސްނުއްސުއޫދުގެ ތަހުގީގުން ފެނިފައިވާ ކަންކަމާއި ގުޅޭގޮތުން ދައުވާކުރުން އަވަސްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި އަނދިރި ދައުލަތެއް ވަކިިހިއްޕާފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށެވެ.

https://twitter.com/MohamedNasheed/status/1168364990220263425?s=19

ރައީސް ނަޝީދު މި މޭރުމުން ދެވަނަ ފަހަރަށް ވާހަކަފުޅު ދެއްކެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިމަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ އަނދިރި ދައުލަތެއް “އުފެދެމުން” ދާތަން ފެންނަކަމަށާއި އެ އަނދިރި ދައުލަތުން ދަނީ ދިވެހި ދައުލަތް ހޮޅިކުރަމުންކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: