ކުއްލި ޚަބަރު

މޯލްޑިވް ގޭސް އިން ލުއިފުޅީގެ އާ ޕެކޭޖުތަކެއް ތައާރަފްކޮށްފި

މޯލްޑިވް ގޭސް އިން ލުއިފުޅީގެ އާ ޕެކޭޖުތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާއި ދިމާކޮށް، އެ ކުންފުނިން ވިއްކަމުން އަންނަ ލުއިފުޅީގެ ހާއްސަ ޕެކޭޖުތަކެއް، އާ ހިދުމަތްތަކަކާއި އެކު ތައާރަފްކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު އެސްޓީއޯ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުން ތައާރަފްކޮށްފައިވަނީ، ލުއި ބޭސިކް ޕެކޭޖުގެ އިތުރުން ލުއި ސްޓޭންޑަރޑް ޕެކޭޖެވެ.

ލުފުޅީގެ ޕެކޭޖުތަކާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭހުގެ ހެޑް އޮފް މާކެޓިން އެންޑް ބިޒްނަސް ޑެވެލޮޕްމެންޓު އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ މި ދެ ޕެކޭޖަކީވެސް ކަސްޓަމަރުންނަށް ލުއިފުޅީގެ ޓޯޓަލް ސޮލިއުޝަންއެއް ދިނުމުގެ ބޭނުމުގައި ތައާރަފްކުރި ޕެކޭޖުތައްކަމަށެވެ.

ޕެކޭޖުތަކުގެ ސަބަބުން ލިބިގެން ދާ ފުރުސަތުތަކާއި ގުޅޭގޮތުންވެސް އާމިނަތު ވަނީ މައުލޫމާތު ދެއްވާފައެވެ. އެގޮތުން 1،250 ރުފިޔާގެ ޕެކޭޖުގެ ދަށުން ލިބޭ ފައިދާ ތަކުގެ ތެރޭގައި ފަސް ފޫޓުގެ ހޮޅި، ކްލިޕް، 10 ކިލޯ ގޭސް، ސިލިންޑާރ ރެޖިސްޓްރޭޝަން އަދި ފުޅި އިންސްޓޯލްކޮށްދިނުން ހިމެނެއެވެ.

1،435 ރ. އަށް މޯލްޑިވް ގޭހުން ތައާރަފްކުރި ލުއި ސްޓޭންޑަރޑް ޕެކޭޖަކީ އަލަށް ލުއިފުޅި ބައްލަވައިގަންނަން ބޭނުންފުޅު ފަރާތްތަކާއި، މިހާރު ދަގަނޑު ފުޅި ބޭނުން ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖެކެވެ. އާމިނަތު ވިދާޅުވީ ޕެކޭޖުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފުޅީގައި ލޮކް ކުރެވޭ ރެގިއުލޭޓާރ އެއް ހިމެނުމެވެ. ޕެކޭޖުގައި ހިމެނޭތަކެތީގެ ތެރޭގައި ނުވަތަ ފައިދާގެ ތެރޭގައި ފަސް ފޫޓުގެ ހޮޅި، ކްލިޕް، 10 ކިލޯ ގޭސް، ރެގިއުލޭޓާރ، ސިލިންޑާރ ރެޖިސްޓްރޭޝަން، އަދި ފުޅި ހިލޭ އިންސްޓޯލްކޮށްދިނުން ހިމެނެއެވެ.

މޯލްޑިވް ގޭހުން ބުނެފައިވަނީ ކުންފުނީގެ ހުރިހާ އައުޓްކެޓަކުންވެސް ޕެކޭޖުގެ ދަށުން ގޭސްފުޅި ލިބެން ހުންނާނެ ކަމަށެވެ.

މޯލްޑިވްސް ގޭހުން ތައާރަފްކުރި މި ދެ ޕެކޭޖު އެ ކުންފުނީގެ ކޮންމެ އައުޓުލެޓަކުންވެސް މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ. ލުއިފުޅިއަކީ އާންމުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ އަދި ލިބެމުން އަންނަ ޕްރޮޑަކްޓެކެވެ.

 މޯލްޑިވް ގޭހަކީ އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގޭސް އަދި މެޑިކަލް ގޭހުގެ އިތުރުން ހީލިއަމް އަދި އިންޑަސްޓްރިއަލް އަދި ރެފްރިޖެރެންޓް ގޭސް ވިއްކާ އެއް ކުންފުންޏަށްވާއިރު އެ ކުންފުނިން ވަނީ މިދިޔަ ދުވަސްތަކުގައި ގޭހުގެ ހިދުމަތްތަކާއި ގުޅޭގޮތުން ހާއްސަ ސާވޭއެއްވެސް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އަގުހެޔޮ ރޭންޖުތަކެއްގެ ރެފްރިޖެރެންޓް ގޭސް ވެސް ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: