ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފު ކުރުމުގެ މަސައްކަތަށް ކުރިއެރުންތަކެއް!

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ތެރެއިން: ފޮޓޯ ފިޝަރީޒް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ ލޯން އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށްގެންދާ (މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް) ކާމިޔާބު ކަމާއިއެކު ކުރިޔަށް ދާކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީއިން ބުނީ މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ.

މި މަޝްރޫއުގެ ދަށުން ލ.އަތޮޅުގެ 3 ސަރަހައްދެއްގައި ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަށް ދަނީކުރެވެމުންނެވެ.

ނަމަވެސް މިސަރަހައްދުގައި ދިރިއުޅޭގިނަ ފަރާތްތަކުން ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމަށްވެފައި މިމަޝްރޫޢުގައި ބައިވެރިވެފައިވާ ގިނަފަރާތަކުގެ އެދުމާއިއެކު ދަނޑުވެރިކަމާއި އަދި ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދެވިފައި ވާކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.  

 

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓްގެ ތެރެއިން: ފޮޓޯ ފިޝަރީޒް މިނިސްޓްރީ

މިގޮތުން، މިމަޝްރޫޢުގެ ދަށުން މިއަހަރުގެ އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ތަމްރީން ޕްރޮގްރާމެއް  ލ.އަތޮޅު ކަލައިދޫ، އިސްދޫ އަދި ދަނބިދޫ ގައި ހިންގާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

މިތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ އަމަލީ ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކާއި އަލަށް މިދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށެވެ.

މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަތޮޅުވެއްޓެއްގައި ދަނޑުވެރިކަން ކުރުމާއި، ގަސްތަކައް ޖެހޭ ބަލިތަކާއި، އެކަމަށް ދެވޭ ބޭސްފަރުވާ އާއި ގުޅޭގޮތުން ތަމްރީން ދެވިފައިވާކަމަށްވެސް މިނިސްޓްރީ އިން ބުނެއެވެ.

މިތަމްރީން ޕްރޮގްރާމްގައި ލ.އިސްދޫއިން 40 ބޭފުޅުން، ލ.ދަނބިދޫއިން 20 ބޭފުޅުން އަދި ލ.ކަލައިދޫއިން 18 ބޭފުޅުންނާއި އެކު ޖުމްލަ 79 ބޭފުޅުން ތަމްރީން ކުރެވިފައި ވާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.   

މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމެންޓްގެ ތެރެއިން: ފޮޓޯ ފިޝަރީޒް މިނިސްޓްރީ

އެ މިނިސްޓްރީ އިން ބުނީ، މިޕްރޮޖެކްޓާއި ސައުތު އޭޝިއަން ވުމަން އެސޯސިއޭޝަން އޮޕް މޯލްޑިވްސް އާއި ގުޅިގެން ފައިނޭންޝަލް އަދި މާރކެޓިންގ ތަމްރީން ޕްރޮގްރާމެއް މިތިން ރަށުގައި މިއަހަރުގެ އޮގަސްޓު މަހު 22 އިން 31 ގެ ނިޔަލަށް ހިންގާފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމް ހިންގުމުގެ މަޤްސަދަކީ ވިޔަފާރިތަކުން ލިބޭ ނަފާ އިތުރުކޮއް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރުވާނެގޮތް އުންގަންނައި ދިނުންކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މިގޮތުން، މިތަމްރީން ޕްރޮގްރާމްގައި ލ.އިސްދޫއިން 22 ބޭފުޅުން، ލ.ދަނބިދޫއިން 12 ބޭފުޅުން އަދި ލ.ކަލައިދޫއިން 26 ބޭފުޅުންނާއި އެކު ޖުމްލަ 60 ބޭފުޅުން ތަމްރީން ކުރެވިފާކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: