ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ތޮއްޖެހުން ކުޑަކުރުމަށް ނައިބު ރައީސް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަފައިފި!

ނައިބު ރައީސް ފައިސަލް ނަސީމް މާލޭގެ ތޮއްޖެހުން ކުޑކުރުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަނީ: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ޚާއްސަ ހަރަކާތުގެ ސަބަބުން ހެޔޮބަދަލުތަކެއް ފެންނަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާއާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދާދިފަހުން ނައިބު ރައީސް ވަނީ މާލޭ ދެކުނު ބަނދަރު ސަރަހައްދަށް ޒިޔާރަތްކުރައްވައި އެސަރަހައްދު ބައްލަވައިލައްވާފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި މާލޭގެ ދެކުނު ބަނދަރަށް ވަދެނިކުމެވާ އުޅަނދު ފަހަރަށް މީހުން އަރާފައިބާ ހެދުމުގައި މިހާރަށްވުރެ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސެން އޮތްގޮތްތަކާ އެކަމަށް އޮތް ފުރުސަތުތައް ބައްލަވާލައްވާފައިވެއެވެ.

މީގެ ބޭނުމަކީ މިހާރު އެސަރަހައްދަށް ވަދެނިކުމެވާ އުޅަނދުފަހަރަށް މީހުން އަރާފޭބުމުގައި ބޮޑުތަކުރުފާނު މަގު ބޭނުންކުރަންޖެހުމުން މަގުގެ ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމެވެ.

އެގޮތުން ބަސް ޓާމިނަލް ކައިރިން، ބަނދަރުގެ ހުޅަނގުފަރާތުން މީހުން އަރާފޭބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ނައިބު ރައީސް ބައްލަވައިލެއްވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ކަމާއިބެހޭ ވުޒާރާތަކުގެ އިސް ފަރާތްތަކާއި ސިޓީކައުންސިލާއި ފުލުހުންގެ ފަރާތުން ކަމާބެހޭ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވި.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: