ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިސްލާމް ދީން އޮވެގެން ކަންބޮޑުވާ “ބޭފުޅަކު” އެބަހުރި!

 ފޮޮޓޯ: ސަން އޮންލައިން/ އަހުމަދު އަވްޝަން އިލްޔާސް---ދޭތެރެދޭތެރެއިން ރައީސްނަޝީދަށް ގާސިމް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އޮތް މާތްވެގެންވާ އިސްލާމްދީން މަތީގައި ގައުމު އޮވެ ކުރިއަށްދާ ދިއުމާމެދުގައި ބަޔަކު ކަންބޮޑުވެގެން އެބައުޅޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ބަދަލުކޮށް، އެހެން ގޮތަކަށް ދިވެހިން އަނބުރަން ދިވެހިންގެ ތެރެއިން ބަޔަކު އުޅޭ ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ވޭތުވެ ދިޔަ މަދު އަހަރެއްގެ ތެރޭގައި މަދު ބަޔަކު ވެގެން ދިވެހިންގެ ގައުމީއްޔަތު އޮޅުވާލުމަށް ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހިންގެ ގައުމީއްޔަތު ހޯދެން އޮތީ ތަރިކަތައް މެދުވެރިކޮށް ކަމަށެވެ.

ދިވެހިންގެ ސަގާފަތަށް އައި ބަދަލުތަކާއި އަދި މާޒީ އޮޅުވާލަން ބަޔަކު ކުރާ މަސައްކަތުގެ ވާހަކަ އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވަނީ އެ މަނިކުފާނުގެ ވާހަކަފުޅު އެއްގޮތަކަށް ވެސް އަމާޒު ކުރައްވަނީ އިސްލާމް ދީނަށް ނޫން ކަމަށާއި ހެދުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކަކީ އެއްގޮތަކަށްވެސް އިސްލާމް ދީނުގެ ވާހަކައެއް ނޫން ކަމަށެވެ.

ޢިޔާސުއްދީން ސްކޫލުގެ ސްޓޫޑެންޓް އެޗީވްމެންޓު އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވަނީ ދިވެހިންގެ ތެރެއަށް ބުރުގާ އެޅުން ތައާރަފުވުމުގެ ކުރިން ދިވެހިން ލައި އުޅުނު ހެދުން ދޫކޮށްލުމުން ކަންބޮޑުވުން ފާޅު ކުރައްވާ، އެ ސަގާފަތް ދޫނުކޮށް ގޮތުގައި ތިބުމަށް ގޮވާލައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ގިނަ އިލްމުވެރިންވެސް ވަނީ ފަޑުވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މީގެ އަހަރެއް ހާ ދުވަސް ކުރިން ފެށިގެން ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީނުގައި ސާބިތުވެ ތިބުމުން ކަންބޮޑުވާ “ބޭފުޅަކު” އުޅުއްވާކަމަށެވެ.

ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން ވަރަށް ގިނަ ހިޔާލުތަފާތުވުންތަކެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް ދީނީ ގޮތުން ހިޔާލުތަފާތުވުންތަކެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

ދިވެހީންގެ ދިރިއުޅުމަށް އައި ބަދަލުތަށް ކަމަށް ބުނެ ވާހަކަ ދައްކާ، އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް އެހެން ގައުމިއްޔަތެއް ގެނައުމަށް ދިވެހި ރައްޔިތުން އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

“ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީން އޮވެގެން ކަންބޮޑުވެގެން އުޅޭ މީހަކު އެބަހުރި. މިއީ ވަރަށް ދެރަވަރު ކަމެއް އިނގޭތޯ. އެ މީހަކީ ކާކުތޯ އަޅުގަނޑު ކޮށި ކުޑަ ކޮށްލާފައި ގެންނަ ކަމަށް ވަންޏާ އެއީ މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދު. ވަރަށް ދެރަ ކަމެއް ދެއްތޯ” ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކަފުޅުގައި ވަނީ ރައީސް ނަޝީދު އެފަދަ ވާހަކައެއް ސްކޫލު ދަރިވަރުންތަކެއްގެ ކުރިމަތީ ދައްކަންވީ ކީއްވެގެންތޯ ވެސް ސުވާލުކޮށްފައެވެ.

ގާސިމް ވިދާޅުވީ އެ ވާހަކަތަކުން ކުޑަކުދީންތަކަށް ރައީސް ނަޝީދު ހެއްދެވީ “ރޯ މަރު ދޮގުތަކެއް” ކަމަށެވެ. އަދި ވިދާޅުވީ ކުޑަކުދީންތަކެއްގެ ވިސްނުމާއި ކުޅެންވީ ސަބަބެއްވެސް ވިސްނިވަޑައި ނުގަންނަވާކަމަށެވެ.

ވޭތުވެ ދިޔަ މަދު އަހަރެއްގެ ތެރޭގައި މަދު ބަޔަކު ވެގެން ދިވެހިންގެ ގައުމީއްޔަތު އޮޅުވާލުމަށް ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހިންގެ ގައުމީއްޔަތު ހޯދެން އޮތީ ތަރިކަތައް މެދުވެރިކޮށް ކަމަށެވެ.

އޭގެ ތެރޭގައި ދުވަސްވެ ޒަމާންތަކެއް ވެފައިވާ މިސްކިތްތަކާއި، ގަބުރުސްތާނުތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަގާފަތަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ބޮޑަށް ހިތާމަ ކުރައްވާ އެއްކަމަކީ މައުލޫމާތުތައް އެއްކުރެވެން ހުރި މިސްކިތްތަކާއި ގަބުރުސްތާނުތައް ތަޅާލުންކަމަށެވެ. ޒިޔާރަތްތައް ތަޅާލައި މާޒީ ފޮހެލުމުގެ ނަތީޖާއެއްގެ ގޮތުން މުޅިން އެހެން ސަގާފަތެއް އުފެދިން އައިސް ހެދުން އެޅާ ގޮތަށް ބަދަލުތަކެއް އައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

“ބައްލަވާ، އެއީ ކުޑަކުދީން. އެ ކުދީންނަށް ކޯޗެއް ވިސްނަދެންތޯ އެ އުޅެނީ” ގާސިމް ވިދާޅުވިއެވެ.

“ގަބުރުސްތާނުތައް ތަޅާލުމާއި، ޒިޔާރަތްތައް ތަޅާލުން. މާޒީ ފޮހެލުން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު” ނަޝީދު ވިދާޅުވި އެވެ.

ދިވެހިންނަކީ ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ކަމަށާއި އިންޑިއާ ކަނޑުގެ މެދުގައި ތިބޭ ރަށްފުށު ބައެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ދިވެހިންގެ ގޮތް ބަދަލު ނުކޮށް ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ޖަޒީރާވަންތަ ރަށްތަކުގެ އަހުލުވެރީންނަށް ވީހިނދު މިއީ އިންޑިއާ ކަނޑުގައި ތިބޭ ރަށްފުށު ބައެއްކަމަށް ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: