ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ޖޭޕީން ކެނޑިޑޭޓަކު ނެރޭނެކަން ކަށަވަރު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ވަރުގަދަކޮށް ޕާޓީގެ ފަރާތުން އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް ވަނީ ޖުމްހޫރީ ޕާޓީ ވަރުގަދަ ކުރުމުގެ ގޮތުން އަތޮޅުތަކުގެ ތެރެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަން މީގެ ކުރިން އިއުލާނު ކުރައްވާފައެވެ. އެގޮތުން ޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޖޭޕީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު 30،000 އަށް އިތުރު ކުރައްވާނެކަމަށެވެ.

މެމްބަރުން އިތުރު ކުރުމުގެ މަސައްކަތަކީ ޖޭޕީ “ރީފޯމް” ކުރުންގެ ގޮތުގައި ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ޖޭޕީ ވެގެންދާނީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަޓިކް ޕާޓީއަށް ކަމަށެވެ.

“ހަމަގައިމުވެސް އަންނަ ރިޔާސީ އިންތިހާބަށް ޕާޓީއިން ކެނޑިޑޭޓަކު ނެރޭނެ، އެކަން އޮތީ އެގޮތަށް ނިންމާފައި. އެއީ ކޮންބޭފުޅެއްތޯ ނިންމާނީ ޕާޓީއިން. އެއީ އަޅުގަނޑުތޯ ނުވަތަ އެހެން ބޭފުޅެއްތޯވެސް ކަނޑައަޅާނީ ޕާޓީގެ މެމްބަރުން” ގާސިމް ވިދާޅުވިއެވެ.

ގާސިމްއަކީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ރިޔާސީ އިންތިބާގައި ވާދަ ކުރެއްވާ ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރުމުގައި ގާސިމްއަށް މެދުވެރިވީ ހުރަހަކީ ވެރިކަމަށް ކުރިމަތިލެވޭނޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި ފާސްކުރުމެވެ.

އެހެން ނަމަވެސް، ވެރިކަން ބަދަލުވުމާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ އިސްލާހު ބާތިލުކޮށްފައެވެ.

ޖޭޕީ އަބަދުވެސް ފާހަގަވެފައިވަނީ ތިން ވަނަ ޕާޓީގެ ގޮތުގައި ކަމަށާއި، އެހެން ނަމަވެސް އެ ވިސްނުމާއި އުސޫލަށް ބަދަލު ގެންނަން ޖެހޭކަމަށް ގާސިމް ވަނީ އާދީއްތަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

ޖޭޕީ އެއްވަނަ ޕާޓީއަށް ބަދަލު ކުރުމަކީ މިވަގުތު އޮތް އެންމެ ބޮޑު އަމާޒުކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ބަދަލުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުންނާއި ލީޑާޝިޕަށް ބަދަލު ގެނައުން ހިމެނޭކަމަށެވެ.

ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ރައްޔިތުން ފުރުސަތު ދީފައިވާކަމަށާއި، އެއިން ކޮންމެ ފުރުސަތެއްގައި ވެސް އޭރަކު ވެރިޔަކު އިންތިހާބު ވަނީ ޖޭޕީގެ އެހީތެރިކަމާއި ބައިވެރިވުމާއި އެކުކަމަށް ގށސިމް ވިދާޅުވިއެވެ.

“އެހެންވީމާ މި ޕާޓީން ރިޔާސީ އިންތިބާށް ކެނޑިޑޭޓަކު ނެރޭނެ. މި ޕާޓީން ނިކުންނާނެ ރައީސުލް ޖުމްހޫރިއްޔާއާއި ވާދަ ކުރަން” ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ގޮފިތައް ވެސް ރާއްޖޭގެ އެކި ރަށްތަކުގައި އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު ޖޭޕީއަކީ ޅަފަތުގައި އޮތް ޕާޓީއެއް ނޫން ކަމަށާއި ސިޔާސީ ގޮތުން އެންމެ ފަހި ފުރުސަތުތައް ލިބޭ ޕާޓީއަކީވެސް ޖޭޕީކަމަށް ގާސިމް ވިދާވިއެވެ.

އާ ގާނޫނު އަސާސީއަށް ފަހު 2008 ގައި ބޭއްވި ރިޔާސީ ފުރަތަމަ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބުކުރެއްވުނީ ގާސިމާ އެކު ޖޭޕީން އެ ފަޅިއަށް އެރުމުންނެވެ. އަދި 2013 ގައި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ނަޝީދު ބަލިކުރެއްވުނީ ވެސް ގާސިމްގެ އެހީތެރިކަމާ އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: