ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް އެކްސްޕޯޓު ކުރުމަށް ލައިސެންސް ދީފައިވާ އުޅަނދުފަހަރު ލޮކޭޓް ކުރުމަށް ޑިވައިސް އެއް ހަރުކުރަނީ!

މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ޤާއިމްކުރުމާއި ގުޅޭ އެއްބަސް ވުުމުގައި ފިޝަރީޒް މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އިން ސޮއި ކުރުމުގެ ރަސްމިއްޔާތު: ފޮޓޯ ފިޝަރީޒް މިނިސްޓ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަސް އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމް ޤާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީ އިން އުރީދޫ މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގް ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. މިގޮތުން އުޅަނދުފަހަރުގައި ހަރުކުރާ ވެސަލް ލޮކޭޓިންގް ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތަޢާރަފްކުރެވޭ ވަޞީލަތެކެވެ.

މިޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

 

null

މީގެއިތުރުން، އެ މިނިސްޓްރީ އިން ބުނީ އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެ ކަމަށެވެ.

މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މިޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖް އިން ބޭރުގައިވާ ވަގުތުތަކުގައި ވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ އާލާތެކެވެ.

އެ މިނިސްޓްރީ އިން ބުނާގޮތުގައި އަލަށް މިގެނެވޭ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމްތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ބެހޭ މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި މަސްވެރި އުޅަނދުފަހަރަށް މިނިސްޓްރީން އަންގަމުންދާނެކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.

މިޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާއެވެ. އަދި މިޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތް ސަރަހައްދުގެ މަޢުލޫމާތު ސެޓަލައިޓް މެދުވެރިކޮށް މޮނިޓަރިންގް ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: