ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖު ކޯޓާ އަވަސްކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން އެދިއްޖެ!

ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި ނައިބު ރައީސް ވަނީ ބައްދަލުކުރެއްވުން. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖާޖީންގެ ކަންކަން ފުރިހަމައަށް ކުރިޔަށް ގެންދިއުމަށްޓަކައި ސަޢުދީ ސަރުކާރުން ރާއްޖެއަށް އިތުރަށް ދެއްވާ ކޯޓާ ވީހާ އަވަހަށް ހަމަޖެހޭނެގޮތް ހައްދަވައިދެއްވުމަށް ހައްޖުކޯޕަރޭޝަނުން އެދިއްޖެއެވެ.

ޙައްޖުގެ ކޯޕަރޭޝަނުގެ އިސްވެރިންނާ ބައްދަލުކުރައްވައި ޙައްޖުގެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޙައްޖުކޯޕަރޭޝަނުގެ ވެރިން ދެއްކެވި ވާހަކަފުޅުގައި ޙައްޖުގެ އަޅުކަމަށް މީހުން ފޮނުވުމުގައި އިތުރަށް ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަންކަން ނައިބު ރައީސްއާއި ޙިއްޞާކުރެއްވިއެވެ. އަދި ޙައްޖު ކޯޕަރޭޝަނަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަޤުފު އިމާރާތެއް އެޅުމަށް ބިމެއް ބޭނުންވާކަން ކޯޕަރޭޝަނުގެ ވެރިން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޙައްޖު ކޯޕަރޭޝަނުން އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދަވަންޖެހޭ ކަންކަން ކުރިޔަށްގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ކުރިޔަށް އޮތް ތަނުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގައި ދުރާލާ ތައްޔާރީތައް ވުމަށާއި ޙައްޖަށް ގެންދިއުމަށް ފުރުޞަތު ދިނުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އިސްކަމެއް ދިނުމަށް ނައިބު ރައީސް އެދިލެއްވިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރަމުންދާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މިހާރަށްވުރެ ފުޅާދާއިރާއެއްގައި، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް ދުރާލައި ހިންގަވައިދެއްވުމަށް އެދިލެއްވިއެވެ.

ނައިބު ރައީސް ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖާޖީންގެ ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްދެއްވާފައި ވާތީ ޙައްޖު ކޯޕަރޭޝަނަށާއި މީހުން ޙައްޖަށް ގެންދިއުމުގައި ހަރަކާތްތެރިވި އެކި ޖަމާޢަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: