ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީސް ކުރިމަތީ އިން މީހަކު . ފުލުހުންގެ ބެލުމުގެ ދަށަށް!

ރައީސް އޮފީސް ކުރިމަތީ އިން މީހަކު ހައްޔަރުކޮށްފި. ފޮޓޯ:މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ އިށީނދެގެން އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސަފިއެވެ.

ފުލުހުން ވިދާޅުވި ރައީސް އޮފީސް ކުރިމަތީގައި އިށީންދެގެން އިންދާ ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އެތާ އިށީންދެގެން އިން ކަމުގެ މައުލޫމާތު މިއަދު 11:32 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް އެއިދާރާއިން މައުލޫމާތުދެއްވައެވެ.

ފުލުހުން ވިދާޅުވީ އެމީހާ އެތާއިނީ ރައީސް އޮފީހުން ސިޓީއެއްގެ ޖަވާބު ބަލާގޮސް، ސިޓީގެ ޖަވާބު ނުލިބިގެން އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށެވެ.

އޭނާ މިހާރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ސާފުކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: