ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަހުގީގު ނުކޮށް ދެ ބިދޭސީންގެ ފޮނުވާލި މައްސަލަ މަޖިލީހަށް

ފޮޓޯ: ޑީޕޯޓުކޮށްލި ދެ ބިދޭސީން --- މައްސަލަ ތަހުގީގު ނުކޮށް އެމީހުން ފުރުވާލުމަކީ ހައްލެއް ނޫން
ޝެއާރކޮށްލާ ކަހަލަދޯ؟

 

ބިދޭސީން ރެކްރޫޓު ކުރުމާއި، ފައިސާ ގަނެ ވިއްކައިގެން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އައި ދެ ބިދޭސީއެއްގެ މައްސަލަ ތަހުގީގުނުކޮށް އެމީހުންގެ އަމިއްލަ ގައުމަށް ފުރުވާލާ ޑީޕޯޓު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފިއެވެ.

އިމިގްރޭޝަންއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން އެ ދެ ބިދޭސީން ހޯދާފައިވަނީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އެ މީހުން ފުރުވާލާ ޑީޕޯޓުކުރިއިރު އެއީ ބިދޭސީން ރެކްރޫޓުކޮށް، ގަވައިދާ ހިލާފަށް ވިޔަފާރި ކުރުމުގެ އިތުރުން މަނީ ލޯންޑާ ކުރާ ދެ މީހުންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ބަންގްލަދޭޝައަށް ނިސްބަތްވާ އެ މީހުންގެ ތެރެއިން ޑީޕޯޓު ކުރި ޝަފީގުލް އިސްލާމްއަކީ ރާއްޖޭގައި އުޅޭތާ 20 އަހަރުވެފައިވާ ބިދޭސީއެކެވެ.

މިވީ އަހަރުތަކުގެ ތެރޭގައި މާލޭގެ އެކި ކަންކޮޅުތަކުގައި ގެސްޓު ހައުސްތަކާއި، ފިހާރަތައް އަދި ބޯކޮށާ ފިހާރަތައް އޭނާ އައީ ހިންގަމުންނެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ވަޑިއެއްގެ ވޯކް ޕާމިޓުގައި ރާއްޖެއަށް އެތެރެވީ އަބޫ ހަނަފީއަކީ މަނީ ލޯންޑާކޮށްގެން މުއްސަނދި ދިރިއުޅުމެއް ހޯދާފައިވާ ޒުވާނެކެވެ.

ދަތުރުކޮށް އުޅެނީ މަޝްހޫރު އެއާލައިންތަކުގެ ބިޒްނަސް ކްލާހުގައެވެ. މި ދެ ބިދޭސީންއަކީވެސް ގައުމުގައި އަގުބޮޑެތި ގެތަކާއި، ވެހިކަލްތައް ގެންގުޅޭ ދެމީހުންނެވެ.

ދެ މީހުން ޑީޕޯޓު ކުރި ވާހަކައާއި އެކު، އާއްމުން ވަނީ ދެ މީހުންނަށް ދޭންޖެހޭ އެއްވެސް އަދަބެއް ނުދީ ނުވަތަ މައްސަލަ ތަހުގީގު ނުކޮށް ޑީޕޯޓު ކުރުމަކީ ހައްލެއް ނޫންކަމަށް ބުނެފައެވެ.

ރާއްޖޭގައި އެމީހުންނާއި ގުޅިގެން މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ދިވެހިންވެސް އުޅޭނެކަން ފާހަގަކޮށް އާއްމުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކަންބޮޑުވުންތައް އިތުރުވެ، މިކަމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދަނިކޮށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް  ހުށަހަޅާފައިވަނީ މަޖިލީހުގެ ވިލިމާލެ ދައިރާގެ މެމްބަރު އަހުމަދު އުޝާމެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަމުގެ މަގާމުވެސް އަދާ ކުރައްވާފައިވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ ކުށްތަކެއް ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ ބައެއްގެ މައްސަލަ ތަހުގީގު ކުރުމެއްނެތި އަދި ސުވާލު ކުރުމެއް ވެސް ނެތި އެމީހުން ފުރުވާލުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.

https://twitter.com/a_usham/status/1172938949930770433?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1172938949930770433&ref_url=https%3A%2F%2Favas.mv%2F69931

އިމިގްރޭޝަން ކޮންޓްރޯލަރު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ ދައްކާ ބިރަކަށް އަދި ނުފޫޒެއްގެ ދަށުނުވެ ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް މަސައްކަތް ކުރަން އެތެރެވެފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: