ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން އުޅެމުންދިޔަ ގޮތް ބަދަލުކުރަން ބަޔަކު އެބައުޅޭ: ރައީސް ނަޝީދު

ފޮޓޯ: ސޯޝަލް މީޑިއާ/ ގޫގުލް --- ފޯރަމްއެއްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށް ދިވެހިންގެ ވިސްނުމާއި ކުޅެން ބޭނުންވާ މަދު ބަޔަކު މި މުޖްތަމައުގެ ތެރޭގައި އެބަތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޢިޔާސުއްދީން ސްކޫލުގެ ސްޓޫޑެންޓް އެޗީވްމެންޓް އެވޯޑު ދިނިމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމެއްގެ އެންމެ މުހިންމު އެއްކަމަކަށް ވަނީ “ވެފައި އޮތް ގޮތާއި، ދެން ދާން އޮތް މަގު ސާފުވެފައި” އޮތުންކަމަށެވެ.

ވޭތުވެ ދިޔަ މަދު އަހަރެއްގެ ތެރޭގައި މަދު ބަޔަކު ވެގެން ދިވެހިންގެ ގައުމީއްޔަތު އޮޅުވާލުމަށް ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދިވެހިންގެ ގައުމީއްޔަތު ހޯދެން އޮތީ ތަރިކަތައް މެދުވެރިކޮށް ކަމަށެވެ.

އޭގެ ތެރޭގައި ދުވަސްވެ ޒަމާންތަކެއް ވެފައިވާ މިސްކިތްތަކާއި، ގަބުރުސްތާނުތައް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަގާފަތަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެންމެ ބޮޑަށް ހިތާމަ ކުރައްވާ އެއްކަމަކީ މައުލޫމާތުތައް އެއްކުރެވެން ހުރި މިސްކިތްތަކާއި ގަބުރުސްތާނުތައް ތަޅާލުންކަމަށެވެ.

ޒިޔާރަތްތައް ތަޅާލައި މާޒީ ފޮހެލުމުގެ ނަތީޖާއެއްގެ ގޮތުން މުޅިން އެހެން ސަގާފަތެއް އުފެދިން އައިސް ހެދުން އެޅާ ގޮތަށް ބަދަލުތަކެއް އައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ގަބުރުސްތާނުތައް ތަޅާލުމާއި، ޒިޔާރަތްތައް ތަޅާލުން. މާޒީ ފޮހެލުން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު،” ނަޝީދު ވިދާޅުވި އެވެ.

ދިވެހީންގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޖީލެއްގެ ތެރޭގައި ތިން ހަތަރު ފަހަރަށް ހެދުން އަޅަން ފަށާފައިވާއިރު ކުރިން ކުރަމުން އައި ކަންކަން ބިދުއަ އަށްވެ ނިމިފައިވާކަމަށެވެ.

އެގޮތުން ހެދުން އެޅުމާއި ކިޔަމުން ދިޔަ ރައިވަރު ފަރިހިތަކާއި އެ ނޫންވެސް ކަންކަން ހިމެނޭކަމަށެވެ.

ދިވެހިންގެ ސަގާފަތަށް އައި ބަދަލުތަކާއި އަދި މާޒީ އޮޅުވާލަން ބަޔަކު ކުރާ މަސައްކަތުގެ ވާހަކަ އިޝާރާތް ކުރައްވަނީ އިސްލާމް ދީނަށް ނޫން ކަމަށާއި ހެދުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކަކީ އެއްގޮތަކަށްވެސް އިސްލާމް ދީނުގެ ވާހަކައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ދިވެހިން އަބަދުވެސް އުޅެން ބޭނުންވަނީ އިސްލާމް ދީނުގައި. ހަމަ ގައިމުވެސް އަޅުގަނޑު ކަންބޮޑުވާކަމެއް މި ރާއްޖެ ބަދަލުކޮށް އެހެން ގޮތަކަށް އަނބުރާލުމަށް ކުރާ މަސައްކަތްތަކަކީ. އެއްވެސް ހާލެއްގައި މިދައްކަނީ އިސްލާމް ދީނުގެ ވާހަކައެއް ނޫން. އެއަށްފަހު މުޅިން އެހެން ގޮތެއް އެއީ އަޅުގަނޑުމެންގެ ގޮތް ކަމަށް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފު ކުރުން. އެއީ ހެދުން ވެސް އަޅުގަނޑުމެން ބަދަލު ކުރުން. ފަގުޑިއެއް ވެސް އެޅުން ނުވަތަ އެހެން ގޮތަކަށް އާންމުކޮށް މުންޑު އަދެފައި ތިބޭ މީހުން އާންމުކޮށް ލިބާސް ލާފައި ތިބޭ މީހުން އަދި އެއަށްފަހު އަޅުގަނޑުމެން ލާން ފެށި އެއްޗަކީ ފަޓުލޫނު” ނަޝީދު ވިދާޅުވި އެވެ.

ކުރިން އުޅެވުނު ގޮތަކީ މުޅިން ގޯސް އުޅުމެއްކަމަށް މިއަދު ބައެއް މީހުންނަށް ހީވާން ފަށާފައިވާއިރު ދިރިއުޅުމަށް ބަދަލު ގެނައުމަށް ފަހަކަށް އައިސް އުފެދިފައިވަނީ “މުޅިން އެހެން ކަހަލަ” ރޫހެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މިސާލެއް ނަންގަވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަންހެން ކޮއްކޯފުޅު ހުއްޓާ، ދަރިކަލުން ހެދުން އަޅުއްވަން ފެއްޓެވީ “އެހެން ގޮތަކަށް” ކަމަށެވެ.

“އަޅުގަނޑުގެ މަންމަ އެހެން ގޮތަކަށް ހެދުން އަޅަން ފެށީ، އަޅުގަނޑުގެ އުމުރުން 30 އަހަރު ވީ ފަހުން. ބުރުގާއެއް އަޅާފައި، ދެން ހެދުން ބަދަލު ކުރީ އެހެން ގޮތަކަށް. އޭގެ ކުރިން މާމަ ހެދުން އެޅިގޮތް. މާމަވެސް ބައެއް ފަހަރަށް ހަވީރަށް ވީމަ ދެން ބުރުގާއަކަށް މި ބަދަލު ކުރަނީ. އެހެން ނަމަވެސް އަޅުގަނޑު ހަނދާން އެބަހުރި، އެއީކީ ފަހުން މަންމަ އަޅާފައި ހުންނަ ބުރުގާއެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންނަކީ ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ކަމަށާއި އިންޑިއާ ކަނޑުގެ މެދުގައި ތިބޭ ރަށްފުށު ބައެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، ދިވެހިންގެ ގޮތް ބަދަލު ނުކޮށް ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި މިއީ ޖަޒީރާވަންތަ ރަށްތަކުގެ އަހުލުވެރީންނަށް ވީހިނދު މިއީ އިންޑިއާ ކަނޑުގައި ތިބޭ ރަށްފުށު ބައެއްކަމަށް ވެސް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ވައްޓަފާޅިއާ ހެދުން އެޅުން ކަންކަން ކުރާ ގޮތް އެއީ އެހެން ބައެއް މީސް މީހުންނާ ތަފާތު ގޮތް. އަޅުގަނޑު ނަސޭހަތަކީ، އިލްތިމާސަކީ ގޮތް ބަދަލުނުކުރައްޗޭ” ރައީސް ނަޝީދު ވިދާޅުވި އެވެ.

https://www.youtube.com/watch?v=KRdc2fuKPyY

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: