ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި އަރަމްކޯއަށް އަމާޒުކޮށް ދީފައިވާ ޑްރޯން ހަމަލާ ދިވެހިސަރުކާރުން ކުއްވެރި ކުރައްވަފި

ސައުދީއަރަބީއްޔާގެ އަރަމްކޯއަށް އަމާޒްކޮށް ދިން ހަމަލާ
ޝެއާރކޮށްލާ ކަހަލަދޯ؟

14 ސެޕްޓެމްބަރ 2019 ވަދަ ދުވަހު ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި އަރަމްކޯއަށް އަމާޒުކޮށް ދީފައިވާ ޑްރޯން ހަމަލާ ދިވެހިސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވަފިއެވެ.

ދިވެހި ސަރުކާރުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ހަމަލާ ތަކުގެ ސަބަބުން ސައޫދީ ޢަރަބިއްޔާގެ ތަރައްޤީ އާއި ކުށެއްނެއް އާންމު ރައްޔިތުންގެ ދިރުއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ސައޫދީ ޢަރަބިޔާގެ ސަލާމަތާއި ހަމަޖެހުމަށް އަދި ސަރަހައްދުގެ މަޝްރަހު ހޫނުވެދާނެ ކަމެއްކަމުގައެވެ. 

ހަމައެހެްމެ  ޓެރަރިޒަމްގެ މިފަދަ ހަމަލާތަށް ރާވާ ހިންގާ ފަރާތްތަކުން ހިންގާ މިފަދަ ހަމަލާތަށް ހުއްޓުވުމަށްޓަކައި އެންމެން އެކުގައި ހައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ ސަރަހައްދުގެ ހަމަޖެހުމަށް ބޭނުންކަމެއް ކަމުގައެވެ.

މީގެއިތރުން  ސައުދީ ޢަރަބިއްޔާގައި ދިރިއުޅޭ އެކުވެރި އެންމެހާ ރައްޔިތުންނާއި ސައޫދީ ސަރުކާރުން ޓެރަރިޒަމް ނައްތާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ ޓެރަރިޒަމްގެ ބިރުވެރިކަން ދުނިޔެއިން ނައްތާލުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދޭކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: